އައްޑޫ ސިޓީ ހިތަދޫ ގެއެއްގެ ތެރޭގައި ދެ މީހަކު މަރުވެފައި އޮއްވާ ފެނުނު މައްސަލާގައި ތުހުމަތު ކުރެވޭ ފަދަ ކަމެއް އަދި ނުފެންނަ ކަމަށް ފުލުހުން ބުނެފިއެވެ.
މިކަމާއި ގުޅިގެން ފުލުހުން މިއަދު އެންމެ ބުނީ ހިތަދޫގެ ގެއެއްގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް ހުށަހެޅުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލް ހިއްސާ ކުރަމުން މަރުވެފައި އޮއްވާ ފެނުނީ ހިތަދޫ / ކުރޭންގެ އުމުރުން 60 އަހަރުގެ އިބްރާހީމް އަބްދުالله ނަމަކަށް ކިޔާ މީހަކާއި އައްޑޫ މަރަދޫ، ނާރެސް / އުމުރުން 52 އަހަރުގެ ފަރުހަނާޒު ރަޝީދު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލި ބެލުމުން އެ ދެ މީހުންގެ މަރުހައި ތުހުމަތެއް ކުރެވޭ ފަދަ ކަމެއް ހިނގާފައިވާ ކަމެއް ހިނގާފައި ނުވާ ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދެމީހުން މިހާރު ވަނީ އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ.
"ހަތާވީސް" އަށް އެނގިފައިވާ ގޮތުގައި މަރުވެފައި އޮއްވާ ފެނުނު ދެ މީހުންނަކީ ދެމަފިރިންނެވެ. އެ ދެމީހުންގެ މަރާއި ގުޅިގެން ރަށުގައި އެކި ގޮތް ގޮތަށް އަންނަނީ ވާހަކަދެކެވެމުންނެވެ.
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ