އަމިއްލަ ކުންފުނިތައްލައްވާ މަސައްކަތް ކުރުމަށްފަހު އެތައް ބިލުތަކަކަށް ފައިސާ ނުދީ އެބަހުރި ކަމަށާއި އެ ހުރިހާ ފައިސާތަކެއް ކުރިޔަށް އޮތް ދެ ހަފްތާގެ ތެރޭގައި ދައްކާ ހަލާސް ކުރައްވާނެ ކަމަށާއި އެކަން ކުރާނީ ފައިސާ ޗާޕު ނުކޮށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު ލ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ރޭ އެ އަތޮޅު ފޮނަދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވެވަޑައިގެންނެވިއިރު އަމިއްލަ ކުންފުނިތައް ލައްވާ މަސައްކަތް ކުރުމަށްފަހު އެ މަސައްކަތްތަކަށް ފައިސާ ނުދީ އެބަހުރި ކަމަށެވެ.
މިއަދާއި ހަމައަށް އައިއިރުގައި ބައެއް ކުންފުނިތަކަށް ފައިސާ ދޫކޮށްފައިވާނެ ކަމަށާއި އަދިވެސް އެތައް ހާސް މިލިއަން ރުފިޔާއެއް ކުންފުނިތަކަށް ދޭންޖެހި އެބައޮތް ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑު މިހާރު ބަލާލާއިރުގައި ވެސް ދެ ބިލިއަނެއްހާ ރުފިޔާ އެބަހުރި. ދެހާސް މިލިއަން ރުފިޔާ. އަޅުގަނޑުމެން މިއަދާ ހަމައަށް އައިއިރު، މިއައީ އެތައް ބިލެއްގެ ފައިސާ ވެސް ދައްކަމުން،" ރައީސް ވިދާޅުވިއެވެ.
މިމަހުގެ ދެވަނަ ދުވަހު ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވިއިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް ކުރުވާ ފައިސާނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ގާނޫނުތަކާއި ގަވާއިދުތަކުގައި ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެކަން އިއުލާން ކުރައްވާފައެވެ.
އެދުވަހުވެސް އަދި ރޭގެ ޖަލްސާގައި ވެސް ރައީސް އެއް ވާހަކައެއް ތަކުރާރު ކުރެއްވެވިއެވެ. އެއީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު، އިގްތިސާދު އިންތިހާއަށް ގޯސް ހާލަތެއްގައި އޮތް އޮތުން ބަދަލު ކުރެވި، އެ ހާލަތު ރަނގަޅުވަމުންދާ ވާހަކައެވެ.
"އަޅުގަނޑުވީ އެއްވެސް ވައުދެއް އަޅުގަނޑު ދުލެއް ނުކޮށްލާނަން ނުފުއްދައެއް. އަޅުގަނޑުމެން މިގެންދަނީ ގާނޫނާއި ގަވައިދުގެ ތެރެއިން އަޅުގަނޑުވީ ވައުދުތައް ފުއްދަމުން. ރައްޔިތުންނަށް މިހެން ހުރި ހުރިހާ ދަތިތަކެއް ފިލުވައި ދެމުން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު އިއުލާން ކުރެއްވި ގޮތަށް ފަސް ހަފްތާ ހަމަވާން މިހާރު އޮތީ ކުޑަ ދުވަސްކޮޅެއް ކަމަށާއި އެކަމަށްޓަކައި ވާންޖެހޭ ހުރިހާ ތައްޔާރީތަކެއް ވަމުން އަންނަ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
"މިކަން އަޅުގަނޑު މި ކުރަނީ އަޅުގަނޑު ވީ އަނެއް ވައުދު ވެސް ފުއްދަމުން. އެއީ ފައިސާ ޗާޕު ނުކޮށް. ފައިސާ ޗާޕުނުކޮށް މި ކުރަނީ،" ރައީސް މުއިއްޒު ވިދާޅުވިއެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅުގައި ކުރިޔަށް އޮތް ދުވަސްތަކަކީ ރައްޔިތުންގެ އަތްމަތި ތިޔާގިވާނެ ދުވަސްތަކެއް ކަމަށް ވިދާޅުވިއެވެ.
ގެއްލުނު ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ
ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު ތިން ރައީސުންގެ އެއްބަސްވުމެއް!
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި