ސަރުކާރުގެ ޓްރެޝަރީ ބޮންޑް ގަތުމަށް މަގުފަހިކުރުމަށް، މަރުކަޒީ ބޭންކް އެމް.އެމް.އޭ އިން ޕެންޝަން ފަންޑަށް 2.5 ބިލިއަން ރުފިޔާ އިންޖެކްޓްކުރުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅިގެން އެމްޑީޕީގެ ރައީސް ޢަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޝާހިދު ވިދާޅުވީ ކޮވިޑް-19 ގެ ދުވަސްވަރު ދިމާވި އިޤްތިޞާދީ ކާރިސާގެ ސަބަބުން އޭރުގެ ސަރުކާރަށް ޚާއްސަ ފިޔަވަޅުތަކެއް އަޅަން ޖެހުނުނަމަވެސް، މިއަދު އެފަދަ ޙާލަތެއް ނެތްކަމަށާއި، ސަރުކާރުން އަޅާ ފިޔަވަޅުތަކުން އިޤްތިޞާދަށް ކުރާނީ ނޭދެވޭ އަސަރުކަމަށެވެ. އެގޮތުން ތަކެތީގެ އަގު ބޮޑުވެ، ދިވެހި ރުފިޔާގެ އަގު ދަށްވެ، އެމެރިކާ ޑޮލަރަށް ރާއްޖޭގެ ބާޒާރުގައި އޮންނަ ޑިމާންޑް އިތުރުވުމާއެކު، އިޤްތިޞާދުގެ ހަމަޖެހުން ގެއްލިދާނެކަމުގެ ބިރު އެބައޮތްކަމަށް ޝާހިދު ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރާ ޒިންމާދާރުކަންކުޑަ އަމަލުތަކުގެ ސަބަބުން ދިވެހި ރައްޔިތުންނަށް އޭގެ ބުރަ އުފުއްލަން ޖެހިގެން ނުވާނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި ފައިސާ ޗާޕުކުރަން އުޅެނީ ދައުލަތުގެ ޚަރަދަށް ޒިންމާވުމުގެ ޤާނޫނައި ކަނޑައަޅާފައިވާ އިންތަކާއި އުޞޫލުތަކުގެ ބޭރުންކަމަށްވުމާއެކު، ސަރުކާރުގެ މިއަމަލަކީ ނުރައްކާތެރި އަދި ޤާނޫނާއި ޚިލާފު އަމަލެއްގެ ގޮތުގައިވެސް ޝާހިދު ސިފަކުރެއްވިއެވެ.
ޝާހިދު މަރުކަޒީ ބޭންކަށް ގޮވާލެއްވީ ބާޒާރުގެ އަގުތައް ހިފަހައްޓައި، އިޤްތިޞާދު ހަމަމަގަށް އެޅުވުމަށް އެމް.އެމް.އޭގެ މައްޗަށް އޮތް ޒިންމާ އަދާކުރެއްވުމަށެވެ. އަދި ޒިންމާދާރުކަމެއް ނެތް މާލީ އަދި އިޤްތިޞާދީ ފިޔަވަޅުތައް ނޭޅުމަށްވެސް ޝާހިދު ގޮވާލެއްވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ