ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗް 28 ގައި ބާއްވަން ނިންމާފައިވާ ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ބުނެފިއެވެ.
ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަދައްކަވަމުން އީސީގެ ރައީސް މުހައްމަދު ޒާހިދު ވިދާޅުވީ މާޗް މަހުގެ 28 ގައި އިންތިހާބު ބާއްވަން ނިންމާފައިވާ ކަމަށާއި އަދި އެ އިންތިހާބަށް ކުރިމަތިލާން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ހުޅުވައިލާނެ ކަމަށެވެ.
އެގޮތުން އިންތިހާބަށް ކުރިމަތިލާން ހުޅުވައިލަން އިލެކްޝަނުން ނިންމާފައި ވަނީ ޖެނުއަރީ 17 ގަައި ކަމަށް ޒާހިދު ވިދާޅުވިއެވެ. މި ފަހަރުގެ އިންތިހާބަށް ކެންޑިޑޭސީ އީސީ ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.
ޒާހިދު ވިދާޅުވި ގޮތުގައި އިންތިހާބުގެ ކަންކަމަށް 80 ވަރަކަށް މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ބެލެވޭ ކަމަށާއި ކުރިޔަށް އޮތް މުސްތަގުބަލުގައި އިންތިހާބުތަކުގެ ހަރަދު ކުޑަ ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ