ލޯންޗުގައި ދެވޭހާ ކައިރީގައި އެއާޕޯޓުތައް އަޅަމުން ދިއުމުން ފެންނަނީ ދަތުރުފަތުރުގެ ގުޅިފައިވާ ނިޒާމެއްގެ ޕްލޭނެއް ނެތުމާއި ޒިންމާދާރުކަން ކުޑަކަން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރާއްޖޭގެ އުތުރުގައި ހަތަރު އެއާޕޯޓެއް މިހާރުވެސް އެބައޮތް ކަމަށެވެ. އަދި ސަރުކާރުން އިތުރު ހަތަރު އެއާޕޯޓެއް އުތުރުގައި އަޅަން ނިންމާފައިވާ ކަމަށާއި އެ އެއާޕޯޓުތައް އަޅަނީ 19 މިނެޓާއި 36 މިނެޓާއި ދެމެދު ލޯންޗުގައި ދެވޭހާ ކައިރީގައި ކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެކަމުގެ ނަތީޖާއަކަށް ވާނީ ހުރިހާ އެ ހުރިހާ އެއާޕޯޓެއްގައި ވެސް މާލީ ނުވަތަ އިގްތިސޯދީ ގޮތުން ދެކޮޅު ޖެހުމެއް ނެތުން ކަމަށެވެ.
އަދި އެކަމުގެ ސަބަބުން ގައުމީ އެއާލައިން އަށް ދެއުޅި އެއްނުވާ ހަރަދުތަކެއް ކުރަން ޖެހޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"އަދި ލޯކަލް ޓޫރިޒަމް އަށް ވެސް ކުރާންވީ މަންފާ ނުކުރުން،" ގާތްގާތުގައި އެއާޕޯޓު އެޅުމުން ނިކުންނާނެ ނަތީޖާއާ ގުޅޭ ގޮތުން ނަޝީދު ވިދާޅުވިއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް