މާލެ އިން ފުރައިގެން ރީތިރަށަ ރިސޯޓަށް ދަތުރުކުރި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލައިފިއެވެ.
ފުލުހުން މިއަދު ބުނީ އެ ކޮޅުވެއްޓި އަކީ، ހަތް މީހުންނާއެކު ދަތުރު ކުރަމުންފިޔަ އުޅަނދެއް ކަމަށެވެ. އަދި އެ ކޮޅުވެއްޓި ބަންޑުން ޖަހާލާފައި ވަނީ ރޭގެ ވަގުތެއްގައި ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ ކޮޅުވެއްޓިން ބަންޑުން ޖަހާލާ ތިން މީހަކު ގެއްލުނު ކަމަށެވެ. އޭގެތެރެއިން އެކަކު ނިޔާވެފައި އޮއްވާ އެމްއެންޑީއެފް ކޯސްޓްގާޑަށް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގައި ނިޔާވެފައި ވަނީ ގއ.ދާންދޫ، ސަރުސޫނުގެ، އަހުމަދު ޝިފާން، 38، އެވެ. ގެއްލިގެން ހޯދަމުން ދަނީ ދެ ބިދޭސީންނެވެ. އެއީ އިންޑިއާ އަދި ލަންކާއަށް ނިސްބަތްވާ ދެ މީހުންނެވެ.
އެމްއެންޑީއެފް އިން ބުނީ އެ އުޅަނދަކީ ދިގު މިނުގައި 100 ފޫޓު ހުންނަ އުޅަނދެއް ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ