ކެއިންބުއިމަށް ބޭނުންކުރާ އަސާސީ ބާވްތަކުގެ ގޮތުގައި މިނިސްޓްރީ އޮފް އިކޮނޮމިކް، ޑިވެލޮޕްމަންޓް އެންޑް ޓްރޭޑިން ކަނޑައަޅުއްވާފައިވާ ހަނޑޫ، ހަކުރު އަދި ފުށް ހިމެނޭ ލިސްޓަށް 23 ބާވަތެއް އިތުރުކުރި ކާބޯތަކެތި ދިވެހި ދަނޑުވެރިން އަތުން ގަތުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެސްޓީއޯ އިން މިއަދު ވަނީ އަސާސީ ކާބޯތަކެތީގެ ލިސްޓަށް އިތުރުކުރި 23 ބާވަތް ބާޒާރަށް ނެރެ، ވިއްކަން ފަށައިފައެވެ.
އެކަމާއި ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޝިމާދު ވިދާޅުވީ، މިވަގުތު ދިވެހި ދަނޑުވެރިންގެ އަތުން އެކުންފުނިން ގަންނަނީ ޖުމްހޫރީ މޭވާ އެކަނި ކަމަށާއި ކުރިޔަށް އޮތްތަނުގައި ދިވެހި ދަނޑުވެރިންގެ އަތުން އެކި ބާވަތްތައް ގަންނާނެ ކަމަށެވެ.
ބާޒާރަށް މިއަދު ނެރުނު ތަކެތި ވެސް އަގުހެޔޮކޮށް އާއްމުންނަށް ވިއްކާނެ ކަމަށް އޭނާ ވިދާޅުވިއެވެ. ހޯލްސޭލް މާކެޓަށް ވުރެ ބޮޑަށް، މިވަގުތު އެސްޓީއޯގެ އެންމެ ބޮޑު އަމާޒަކީ ރީޓެއިލްކޮށް އާއްމުންނަށް ހެޔޮ އަގުގައި އަސާސީ ކާބޯތަކެތި ފޯރުކޮށްދިނުން ކަމަށް ވެސް ޝިމާދު ވިދާޅުވިއެވެ.
ބާޒާރަށް ނެރެ ވިއްކަން ފަށާފައިވާ 23 ބާވަތައް:
މޭވާ
- ދޮންކެޔޮ
- އާފަލު
- އޮރެންޖު
- ލުނބޯ
- ޖުމްހޫރީމޭވާ
- އަނބު
- ފަޅޯ
- ކަރާ
- މިރުސް
- މޭބިސްކަދުރު
ތަރުކާރީ
- ފިޔާ
- އިނގުރު
- ކެރެޓު
- ބަށި
- ކައްޓަލަ
- އަލުވި
- ކެބެޖު
- ބަރަބޯ
- ބޯވެލި
- ލޮނުމެދު
ބީއެމްއެލްގެ ފިޔަވަޅަކީ ސައްހަ ގޮތުގައި ޑޮލަރު ބޭނުންކުރުން
މީޑިއާ ވިލެޖުގެ މަސައްކަތް ޖޫން މަހަށް ނިންމަނީ
ޔާމީނަކީ ވިސްނުންތެރި، ވިޝަނަރީ ބޭފުޅެއް: ސައީދު
ހިތަށްވީ ތަދުގެ ބަދަލު ހޯދަން އުޅެގެން ލިބޭނެ ކުރިއެރުމެއް ނެތް
ޕާޓީތަކުން މެންބަރުން ވަކިކުރެވޭ ބިލު ހުށަހަޅަނީ
ތިލަމާލެ ބްރިޖުގެ ފެންވަރާއި މެދު ސުވާލު އުފައްދާނެ ޖާގައެއް ނެތް