ރާއްޖެ އަށް ވަގަށް އެތެރެކުރަން އުޅެނިކޮށް ކަސްޓަމްސް އިން ހިފެހެއްޓި 13.6 މިލިއަނަށް ވުރެ ގިނަ ސިނގިރޭޓް އެމްޕީއެލް ހުޅުމާލޭ ބަނދަރުގައި ހުއްޓާ ގެއްލުނު މައްސަލާގައި 12 މީހަކު ފުރުން މަނާކޮށް ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ ހައްޔަރުކުރި މީހުންގެ ތެރޭގައި ދެ ވިޔަފާރިވެރިއަކާއި މޯލްޑިވްސް ކަސްޓަމްސް ސާވިސްގެ އިސް މުވައްޒަފަކާއި އިތުރު ހިމެނޭ ކަމަށެވެ.
މި ހަތަރު މީހުން ވެސް ހައްޔަރު ކޮށްފައި ވަނީ މިރޭގެ ވަގުތެއްގައި ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެއިތުރުން ހަމަ މި މައްސަލާގައި 12 މީހަކު ފުރުންވެސް މަނާކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލާގައި ބައެއް ތަންތަން ބަލާ ފާސްކޮށްފައިވެއެވެ. އަދި މިރޭވެސް މިކަމާއި ގުޅުންހުރި އޮޕަރޭޝަނެއް ކުރިޔަށްދާ ކަމަށް ފުލުހުން ބުންޏެވެ.
ތަފްސީލް އަންނަނީ....
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ