ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ކުއްލި މައްސަލައެއްގައި ހުންނަން ޖެހޭ ޝަރުތުތައް ނެތް ކަމަށް ބުނެ މުޒާހަރާ އިން ހައްޔަރުކުރި މީހުންނަށް އިހުމާލުވާ މައްސަލަ ހުށަހެޅުމަށް މަޖިލީހުން ރިޔާސަތުން ދެކޮޅު ހަދައިފިއެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެންބަރު އަހްމަދު މައުރޫފް ޒާކިރެވެ. އެ މައްސަލާގައި މުޒާހަރާގެ ބައިވެރިންނަށް ޖިސްމާނީ ގޮތުން ހާނިއްކަ ކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
ދާއިމީ ބަލިތަކަށް ބޭސްކާ މީހުންނަށް ބޭސް ފޮނުވުމުގެ ފުރުސަތު ވެސް ދީފައި ނުވާ ކަމަށްވެސް އެ މައްސަލާގައި ބަޔާން ކޮށްފައިވެއެވެ.
މަޖިލީހުގެ ރިޔާސަތުގައި އިންނެވި އަބްދުއްރަހީމް ނިންމެވީ އެ މައްސަލަ މަޖިލީހަށް ބަލައިނުގަތުމަށެވެ. ކުއްލި މައްސަލައެއް ހުށަހަޅާއިރު އެ މައްސަލަ އަކީ ހަގީގަތެއްގެ މައްޗަށް އެކުލެވޭ މައްސަލައަކަށް ވާން ޖެހޭނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
މުޒާހަރާ އިން ހައްޔަރުކޮށް ފުލުހުންގެ ބަންދުގައި ތިބި މީހުން:
- ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ
- ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފު
- މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހު
- އަލީ ސުމާން
- އަޒީމް އަލީ
- ހަސަން ޝާކިރު
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ