ކުޑަކުދިންތަކެއް ކުށަށް ހުށަހެޅިކަމުގެ ތުހުމަތުގައި ބަޔަކު ހައްޔަރު ކޮށްފިއެވެ.
ފުލުހުން މިއަދު ބުނީ، ކުޑަކުދިންތަކެއް އެކްސްޕްލޮއިޓްކުރުމުގެ ތުހުމަތުގައި އިއްޔެ ހެނދުނުގެ ވަގުތެއްގައި މާލެއިން ހަތަރު މީހަކު ހައްޔަރުކޮށްފައިވަ ކަމަށެވެ.
އެއީ ވ، ރަކީދޫ، ސިލްވަސްޓާ، ނާފިއު ރަޝީދު، 39، އާއި އަލީ މ. އެތުމާ، އަޝްރަފް، 35، އާއި ގދ. ވާދޫ، ޕެރިސް، ލުހާން ސަޢީދު، 41، ގެ އިތުރުން ހ. ފިނިކުރި އިބްރާހިމް ޝިނާން އަހުމަދު، 33، އެވެ.
ފުލުހުން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނޭ ނާފިއު އަކީ، ޓީވީ ޕްރެޒެންޓަރެކެވެ. އަދި ބައިބަލާ އާއި ފުޓްސަލް މުބާރާތްތައް ހުށަހަޅާދޭ ފަރާތެއްވެސްމެއެވެ.
ފުލުހުން ބުނީ، އެ ހަތަރު މީހުން ހައްޔަރުކުރީ ހެންވޭރުގައި ހުންނަ ގެއެއްގެ އެޕާޓްމަންޓެއް ބަލައި ފާސްކޮށް، އެ ތަނުން މަސްތުވާތަކެތި ކަމަށް ތުހުމަތުކުރެވޭ ރަބަރު ޕެކެޓަކާ އެކީގައި ކަމަށެވެ.
އަދި އެ މީހުންގެ ކުޑަކަމުދާ ތަކެތީގެ ވަގުތީ ނަތީޖާ މަސްތުވާއެއްޗެއްސަށް ޕޮޒިޓިވް ވެސް ވެފައިވާ ކަމަށެވެ.
މި މައްސަލައިގައި އަނިޔާ ލިބުނު ކުޑަކުދިންގެ ތެރޭގައި 17 އަހަރުގެ ދެ އަންހެން ކުދިންނާއި 16 އަހަރާއި 17 އަހަރުގެ ދެ ފިރިހެން ކުދިން ވެސް ހިމެނެއެވެ.
ހަތަރު މީހުންގެ ބަންދާ މެދު ގޮތެއް ނިންމަން ކޯޓަށް ހާޒިރުކުރުމުން އެންމެންގެ ބަންދަށް ވެސް ތިން ދުވަސް ޖަހާފައިވެ އެވެ.
މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
އާ ވަޒީފާތަކަށް މީހުން ނެގުން މަޑުޖައްސާލަން އަންގައިފިން: ޒަމީރު
ހިޔާލު ހޯދުމުގެ ވޯޓު ހުއްޓުވަން ހުށަހެޅި މައްސަލަ ބަލައެއްނުގަތް
ސަރުކާރުން ފަށާ ޓެކްސީ ލައިންގެ ކާރުތައް ރާއްޖެ ގެންނަން ފަށައިފި
ހަނގުރާމައާ ގުޅޭ ވާހަކައެއް އެމެރިކާ މަންދޫބާއެކު ނުދައްކާނަން
ބޯހިޔާވަހިކަން ލިބުމުން ސަރުކާރަށް ބިންކޮޅު ދޭން ނުޖެހޭ ގޮތް ހަދަނީ