ހުކުރު ދުވަހުގެ ރޭ އެމްޑީޕީން މާލޭގައި ކުރި މުޒާހަރާ ރޫޅާލުމަށް ފުލުހުން ބޭނުންކުރި "ސޮނިކް ވެޕަން"އެއް ކަމަށްވާ ލޯންގް ރޭންޖް އެކޯސްޓިކް ޑިވައިސް (އެލްރެޑު)ގެ ސަބަބުން މީހުންގެ ކަންފަތުގެ ތޫރިއަށް ގެއްލުންވެފައިވާތީ އެ މައްސަލަ މަޖިލީހަށް މިއަދު ހުށަހެޅުމުން ޕީއެންސީގެ މެޖޯރިޓީން އެ މައްސަލަ ބޭރުކޮށްފިއެވެ.
މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި އެ މައްސަލަ ބޭރުކޮށްލީ ޕީއެންސީގެ 40 މެމްބަރުންގެ ވޯޓުންނެވެ. އެ މައްސަލައަށް ބަހުސް ކުރުމަށް ތާއިދު ކުރެއްވީ 12 މެމްބަރުންނެވެ.
ކުއްލި މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމެވެ.
އޭނާ ހުށަހެޅުއްވި މައްސަލާގައި ބުނެފައި ވަނީ ހުކުރު ދުވަހުގެ ރޭގެ މުޒާހަރާ ރޫޅާލުމުގެ ބޭނުމަށް ގަޑިއެއްހާއިރު މެދުކެނޑުމެއް ނެތި ބާރު އަޑު އިއްވާ ހަތިޔާރު ބޭނުންކޮށްފައިވަނީ އެކަން ކުރާނެކަމުގެ އިންޒާރު ދިނުމެއް ނެތި ކަމަށެވެ.
އެ ހަތިޔާރުގެ ސަބަބުން ފެންނަ ގޮތަށް އަނިޔާއެއް ނެތަސް، ނަފްސާނީ ގޮތުންނާއި މީހުންގެ އަޑުއިވުމުގެ ހިއްސަށް ގެއްލުން ލިބޭނެ ކަމަށް މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވެއެވެ.
"އެ ހަތިޔާރުގެ ސަބަބުން މީހުންގެ ކަންފަތް ބީރުވުމުގެ ފުރުސަތު އޮތް ކަަމަށް ބޭރުގެ ސިއްހީ ޖަމިއްޔާތަކުން ވެސް ކަނޑައަޅާފައިވާ ކަމަށާއި އެ ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ ކަންފަތަށް ތަދުވުމާއި ބޮލުގައި ރިއްސުމާއި ބޯ އެނބުރުންފަދަ މައްސަލަތައް ދިމާވުމާއި އަދި ކުޑަކުދިންނަށް ނަފުސާނީ ގޮތުން އުނދަގޫވެގެން ދަރުވާ ހޯދަމުންދާކަން ފާހަގަކުރެވިފައި،" މީކާއިލް ހުށަހެޅުއްވި ކުއްލި މައްސަލާގައި ބުނެފައިވެއެވެ.
އޭނާ ހުށަހެޅުއްވީ މައްސަލަ އެ މައްސަލަ ސަރުކާރުގެ ސަމާލުކަމަށް ގެނައުމަށާއި މަޖިލީހުގައި އެކަމުގެ ބަބުސް ކުރުމަށެވެ.
ހުކުރު ދުވަހުގެ ރޭ އެމްޑީޕީން ކުރި މުޒާހަރާ މާލޭގެ މަގުތަކުން ކުރިއަށް ދިއުމަށް ފުލުހުން ވަނީ ހުރަސް އަޅާފައެވެ. ގިނަ ބަޔަކާ އެކު ކުރިއަށް ގެންދިޔަ މުޒާހަރާ މަޖީދީމަގުން ކުރިއަށް ދާން ފުލުހުން ހުރަސް އެޅުމުން، ކޮންމެ ވެސް ވަރަކަށް ދެބަސްވުން ހިނގާފައިވެއެވެ.
ފުލުހުން ވަނީ މުޒާހަރާ ރޫޅާލުމަށް ބާރުގެ ބޭނުންކޮށް، ޕެޕަ ސްޕްރޭ ޖަހައި މުޒާހަރާއިން 8 މީހަކު ހައްޔަރުކޮށްފައެވެ. އަދި ހަ މީހެއްގެ ބަންދަށް 15 ދުވަސް ވަނީ ޖަހާފައެވެ.
މުޒާހަރާގައި ފުލުހުން ޕެޕަ ސްޕްރޭ ޖެހުމުން މުޒާހަރާގެ ބައިވެރިއަކަށް ވަނީ ހާޓްއެޓޭކެއް ޖެހިފައެވެ. އަދި އޭނާއަށް ދަނީ އައިޖީއެމްއެޗްގައި އަވަސް ފަރުވާ ދެމުންނެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ