އިދިކޮޅު އެމްޑީޕީން ރޭ ކުރިޔަށް ގެންދިޔަ މުޒާހަރާ އަކީ ރޭވިގެން ހިންގި ޓެރަރިޒަމްގެ އަމަލެއްގެ ގޮތުގައި ނާއިބު ރައީސް ހުސައިން މުހައްމަދު ލަތީފް ސިފަ ކުރައްވައިފިއެވެ.
ނާއިބު ރައީސް ހުސައިން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ސުލްހަވެރި އިހުތިޖާޖެއްގެ ނަމުގައި ގައުމުގެ ސުލްހަމަސަލަސްކަން ނަގާލައި ހަލަބޮލި ކުރުމަށް އެމްޑީޕީން ރޭ ކުރިއަށް ގެންދިޔަ ހަރަކާތް ހަރުކަށި އިބާރާތުން ކުށްވެެރި ކުރައްވާ ކަމަށެވެ.
އެ ހަރަކާތަކީ ރައްޔިތުންގެ ބާރާއި، ހިޔާފާޅުކުރުމުގެ ހައްގުގެ ނިވަލުގައި، ގާނޫނުއަސާސީއާއި ގާނޫނު ހުއްދަކުރާ ހަމަތައް ގިރާކޮށް، ގާނޫނީ ވެރިކަމަކާ ދެކޮޅަށް ރޭވިގެން ހިންގުނު ޓެރަރިޒަމްގެ ހަރާކާތެއްގެ ގޮތުގައި އެމަނިކުފާނު ވަނީ ސިފަކުރައްވާފައެވެ.
"އަދި އެތައް ރައްޔިތުނެއް އެއްތަނަކަށް ޖަމާކޮށް ފުލުހުންގެ އެއްބާރުލުމާއެކު ކުރިއަށް ގެންދިޔުމަށް ހުއްދަދީފައިވާ ހަރަމާތް ހަލަބޮލިކޮށް، ފުލުހުންގެ އެންގުމާ ހިލާފަށް އަނބުރާލައި، ރައްޔިތުން ނުރައްކަލަށް ހުށައެޅުމަކީ އެމްޑީޕީގެ ލީޑާޝިޕުން ގަސްދުގައި ހިންގި ފިނޑި އަމަލެއްގެ ގޮތުގައި ސިފަކުރަން،" ނާއިބު ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މިއީ އެމްޑީޕީއިން ވަކާލާތުކުރަމުންދާ އަސާސްތައް ނެގެހެއްޓުމުގައި ހުދު އެޕާޓީ މިއަދު ފެއިލްވެފައިވާ ކަމުގެ ހެއްކެއް ކަމުގައި ޤަބޫލުކުރައްވާ ކަމަށެވެ.
ނާއިބު ރައީސް ވިދާޅުވީ އެ ހަރަކާތް ރޫޅާލައި، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށް ގައުމުގެ މަސްލަހަތު ހިމާޔަތްކުރުމުގައި ފުލުހުން ދެއްކި ހިތްވަރާއި ސާބިތުކަމަށް އިޚްލާސްތެރި ކަމާއެކު ޝުކުރު ދަންނަވައިފައެވެ.
ސެލޫނަކަށް ވަދެ، މާރާމާރީ ހިންގި ފުލުހަކު ހައްޔަރުކޮށްފި
މީހެއްގެ ވައިބާ ކޮމްޕްރޮމައިޒް ކޮށްގެން ފައިސާ ހޯދި މީހަކު ހައްޔަރަށް
ޔުނީފޯމަށް ގެނައި ބަދަލާ ނަޝީދު ދެކޮޅު!
ކުރީގެ ރައީސުންނަށް ދޭ އިނާޔަތުގެ ބައެއް ކަނޑާލަން ނިންމައިފި
ގެސްޓުހައުސްގައި މަރުވި ބިދޭސީ މީހާގެ ހަށިގަނޑުން 818 ގްރާމުގެ ޑުރަގް