އިދިކޮޅު އެންމެ ބޮޑު ޕާޓީ، އެމްޑީޕީން އިސް ނަގައިގެން މާލޭގައި ރޭ ކުރިއަށް ގެންދިޔަ މުޒާހަރާއިން ހައްޔަރު ކުރި 6 މީހުންގެ ބަންދަށް 15 ދުވަސް ޖަހައިފިއެވެ.
ހައްޔަރު ކުރި މީހުންގެ ތެރޭގައި ކުރީގެ މަޖިލިސް މެމްބަރުންނާއި ބައެއް ރަށްތަކުގެ ކައުންސިލަރުން ވެސް ހިމެނެއެވެ. އެ މީހުންގެ ބަންދުގެ މުއްދަތު ޖެހީ ކޯޓަށް ހާޒިރުނުކޮށް، އަތޮޅުވެހީގައި ބައިތިއްބައިގެން އޮންލައިންކޮށް ކްރިމިނަލް ކޯޓުން ކުރިއަށް ގެންދިޔަ އަޑުއެހުމެއްގައެވެ.
އެމްޑީޕީ ލީގަލް ޑިރެކްޓަރު އަހުމަދު މައުރޫފް ވަނީ ހައްޔަރު ކުރި މީހުންގެ ނަންތައް އާންމު ކުރައްވާފައެވެ.
15 ދުވަހަށް ބަންދުކުރި މީހުން:
- ދާންދޫ ދާއިރާގެ ކުރީގެ މެމްބަރު ޔައުގޫބު އަބްދުﷲ
- ކުޅުދުއްފުށީ އުތުރު ދާއިރާގެ ކުރީގެ މެމްބަރު ޔާސިރު އަބްދުއްލަތީފު
- މާފުށީ ކައުންސިލް ރައީސް ހަސަން ސޮލާހު
- އަލީ ސުމާން
- އަޒީމް އަލީ
- ހަސަން ޝާކިރު
ބަންދުން ދޫކޮށްލި މީހުން
- މުހައްމަދު ހަލަފް އިބްރާހިމް
- ހުސައިން ޒަރީރު
އެމްޑީޕީން މުޒާހަރާއަށް ނުކުތުމުން، ފުލުހުން ވަނީ މުޒާހަރާގެ ބައިވެރިންނަށް ކުރިއަށް ނުދެވޭ ގޮތަށް މަޖީދީމަގުން، ޝިލްޑުޖަހައި ބަންދުކޮށްފައެވެ. ފުލުހުން އިލްތިމާސްކުރީ އަމީނީމަގުން މުޒާހަރާގެ ބައިވެރިން ކުރިއަށް ދިއުމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ފުލުހުންނާއި އާންމުންނާ ދެމެދު ދެބަސްވުން ހިނގައި ހަމަނުޖެހުން ހިނގިއެވެ.
މުޒާހަރާގައި ފުލުހުން މީހެއްގެ އަނގަޔަކަށް ޕެޕަ ސްޕްރޭ ޖެހުމުން، ހާޑްއެޓޭކެއް ވަނީ ޖެހިފައެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ