ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަނަކާއި ގުޅިގެން މާލޭގެ ބައެއް ސަރަހައްދުތައް ބަންދު ކުރާނެ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން މިއަދު ބުނީ ފުލުހުން ކުރިއަށްގެންދާ އޮޕަރޭޝަނަކާ ގުޅިގެން މިއަދާއި މިރޭގެ އެކި ވަގުތުތަކުގައި އާންމު ޓްރެފިކަށާއި ހިނގާ މީހުންނަށް މާލޭގެ އެކި ސަރަހައްދުތައް ބަންދުކުރެވޭނެ ކަމަށެވެ.
އަދި އެކަމުގައި ރައްޔިތުންގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަނަ ދިނުމަށް ފުލުހުން ވަނީ އެދިފައެވެ.
ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަނާއި ގުޅޭ މައުލޫމާތެއް ހިއްސާ ކޮށްފައެއް ނުވެއެވެ. އެކަމަކު މިރޭ މާލޭގައި އިދިކޮޅު އެމްޑީޕީން މުޒާހަރާއެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.
ދާދިފަހުން ފުލުހުން ވަނީ ފުލުހުންގެ އޮޕަރޭޝަނަލް ރެޑިނަސް ބެލުމުގެ ގޮތުން ކުރިއަށް ގެންދާ ސިލްސިލާ އެކްސަސައިޒްތަކުގެ ތެރެއިން އެކްސަސައިޒްތަކެއް މިމަހުގެ 1ވަނަ ދުވަހު މާލެ އަދި ހުޅުމާލޭގައި ކުރިޔަށް ގެންގޮސްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ