މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ހުންނަވާ ތަނެއްގައި ވައްކަމާއި ކޮރަޕްޝަށް ޖާގައެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެއެވެ.
މާލޭގެ މޭޔަރު އާޒިމްއާ ގުޅުވާ ލައިވް ޓީވީގައި ގަލޮޅު އުތުރު ދާއިރާގެ ކައުންސިލަރު ސައިފް ދެއްކެވި ވާހަކަތަކަށް އާޒިމް ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވައިފައެވެ.
ސައިފް ވަނީ ކައުންސިލްގެ ބިޑު ކޮމެޓީ އަދި މާލޭގެ ބިންތަކާއި ގުޅޭ ގޮތުން ރޭ "އެސްއެސް ޓީވީ" ގައި ވާހަކަދައްކަވައިފައެވެ. ނަމަވެސް އެ ވާހަކަތައް އާޒިމް ވަނީ ދޮގު ކުރައްވައިފައެވެ.
"ބިމުގެ ދަފްތަރު 15 އަހަރުފަހުން އަޅުގަނޑު މިވަނީ، 01 އަހަރުދުވަހުގެ ތެރޭގައި ނިންމާފަ. ބުދަދުވަހު( 01 އޮކްޓޯބަރ) އޮންނަ ކައުންސިލް ރަސްމީ އާންމު ޖަލްސާ އަށް މިކަން އޮންނާނީ އެޖެންޑާކޮށްފަ. ސައިފަށްވެސް ވާނީ އެޖެންޑާ ލިބިފައި،" ބިމުގެ ދަފްތަރާއި ގުޅޭ ގޮތުން އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމަނިކުފާނު އެދެނީ ރައްޔިތުން އިންތިހާބުކޮށްފައި ތިބޭ ބޭފުޅުން ތެދު ބަހުން ރައްޔިތުންނާ ވާހަކަ ދެއްކުމަށް ކަމަށާއި އިންތިހާބުކޮށްފައި ތިބޭ ބޭފުޅުން ދޮގުހަދާވަރުން ރައްޔިތުން ތިބީ ވަރަށް ކަންބޮޑުވެ މާޔޫސްވެފައި ކަމަށް އާޒިމް ވިދާޅުވިއެވެ.
"އަޅުގަނޑު ހުންނަ ތަނެއްގައި ވައްކަމާ ކޮރަޕްޝަން އަށް ޖާގައެއް ނޯންނާނެ. އެކަހަލަ ކަމެއްފާހަގަ ކުރެވިއްޖެޔާ ވަގުތުން އަޅަންވާ ފިޔަވަޅެއް އަޅާނަން،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ އެމަނިކުފާނުގެ އަމާޒަކީ މާލެ ސިޓީ ކައުންސިލް އަކީ، ރައްޔިތުން އެންމެ އިތުބާރުކުރާ މުއައްސަސާއަކަށް ހެދުން ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ