ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 4000 ފްލެޓުތައް އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ހަވާލު ކުރަން މަސައްކަތް ކުރަމުން އަންނަ ކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ބުނެފިއެވެ.
އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ބައެއް މީޑިއާތަކަށް މިއަދު ވިދާޅުވެފައި ވަނީ އަންނަ ޑިސެމްބަރު މަސް ނިމުމުގެ ކުރިން ފްލެޓުތަކަށް މީހުން ވެއްދުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ބައެއް ފްލެޓުތަކަށް ޑިޕޮސިޓު ދެއްކި 14 މީހަކަށް ފްލެޓުތަކުގެ ތަޅުދަނޑި ހަވާލު ކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ފްލެޓު ލިބިފައިވާ މީހުންނާއެކު އެފްޑީސީން އެގްރީމަންޓުތަކުގައި ސޮއިކުރަން ފެށީ މިދިޔަ މަހުގެ ތެރޭގައެވެ. މިމަހުގެ 14ވަނަ ދުވަހު އެފްޑީސީން ބުނީ 3000 މީހަކު އެގްރީމަންޓުތަކުގައި ސޮއިކޮށްފައިވާ ކަމަށެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން، ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ 4،000 ފްލެޓު ދޭނީ ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ނެރެފައިވާ ދާއިމީ ލިސްޓަށް ކަމަށާއި މި ސަރުކާރުން އިތުރު ދާއިމީ ލިސްޓެއް ނުނެރޭނެއެވެ.
ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ ފްލެޓަށް 20،697 ފޯމު ހުށަހަޅާފައިވެއެވެ. އެއީ ދެ ކޮޓަރީގެ އެޕާޓުމަންޓަށް އެދި 6،208 ފޯމާއި ތިން ކޮޓަރީގެ އެޕާޓުމަންޓަށް އެދި 14،489 ފޯމެވެ. މި ފްލެޓުތަކުގެ ތެރޭގައި ހިމެނެނީ ދެ ކޮޓަރީގެ 1،250 ޔުނިޓާއި ތިން ކޮޓަރީގެ 2،750 ޔުނިޓެވެ.
މީޑިއާތަކަށް ފައިސާ ދިނުން މިވަގުތަށް ހުއްޓާލަންޖެހޭ: އެމްޖޭއޭ
ކޭޕާކް މައްސަލަ: މަންޑޭ 397 އަހަރަށް ޖަލަށް
އިންސާފުވެރި އިންތިހާބެއް ލިބިދާނެކަމާމެދު ސުވާލު އުފެދޭ: މަޓޭ
4،000 ފްލެޓު: ޝަރުތު ހަމަނުވާ 450 މީހުން ލިސްޓުން އުނިކުރި
ވައްކަންކުރި މީހަކަށް އަނިޔާކުރި ދެ މީހަކު ހައްޔަރުކޮށްފި