މޯލްޑިވް ގޭސް ޕްރައިވެޓް ލިމިޓެޑްގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މައުމޫނުގެ މައްޗަށް އުފުލާފައިވާ ހަތް ދައުވާގެ ތެރެއިން ދެ ދައުވާއެއް ސާބިތުވެއްޖެއެވެ.
މިދިޔަ އޭޕްރީލް މަހުގެ ތެރޭގައި ޕީޖީން އޭނާގެ މައްޗަށް ދައުވާ ކުރިއެވެ. މޯލްޑިވްސް ގޭސް ޕްރައިވެޓް ލިމިޓެޑުގެ ކުރީގެ މެނޭޖީން ޑިރެކްޓަރު މައުމޫނާއި އޭނާގެ އާއިލީ ބައެއް ފަރާތްތަކަށް އަދި މައުމޫންއާ ގުޅުން އޮންނަ ކަމަށް ތުހުމަތުކުރެވޭ ބައެއް ކުންފުނިތަކަށް މޯލްޑިވް ގޭސްގެ ސަޕްލަޔަރެއް ކަމަށްވާ ތްރީޑީއެޗް އިންޓަނޭޝަނަލް އިން ފައިސާ ފޮނުވާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާތައް ކުރުމަށް މިމަހުގެ 18ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
މައުމޫންގެ މައްޗަށް ޕީޖީ އޮފީހުން ވަނީ ރިޝްވަތު ހިފުމުގެ ހަތް ދައުވާއެއް ކޮށްފައެވެ. އެ ދައުވާތައް ކުރުމަށް ފޮނުވީ އޭނާ މޯލްޑިވް ގޭސްގެ އެމްޑީގެ ގޮތުގައި ހުރި ދުވަސްވަރު އެ ކުންފުންޏަށް ލިކުއިޑް ޕެޓްރޯލިއަމް ގަތުމަށް ހަވާލުކުރި ކުންފުނިން މައުމޫނާއި އޭނާއާ ގުޅުން ހުރި މީހުންގެ އެކައުންޓްތަކަށް އެކި ފަހަރު މަތިން 298،000 ޑޮލަރު ޖަމާ ކޮށްފައިވާ މައްސަލައަކާއި ގުޅިގެންނެވެ.
އޭނާގެ މައްޗަށް ކުރި ހަތް ދައުވާގެ ތެރެއިން ދެ ދައުވާ ސާބިތުވެ 12 އަހަރައި 9 މަހާއި 18 ދުވަހަށް ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ވަނީ މިއަދު ހުކުމް ކޮށްފައެވެ.
އަދި ބާކީ ފަސް ދައުވާއެއް އޭނާގެ މައްޗަށް ކޮށްފައިވާއިރު އެ ދައުވާތަކުގެ ހުކުމް ކުރުން ފަހުން އޮންނާނެއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ