މާލޭގެ ބާޒަރުމަތީގައި ހުންނަ ލިލީ އެފްއެންބީގެ ފިހާރައެއްގައި ރޯވެ ގެއްލުންތަކެއްވެއްޖެއެވެ.
އަލިފާނުގެ ހާދިސާ ހިނގާފައި ވަނީ ދަންވަރު 1:00ގައި ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
އަލިފާންގަނޑު ނިއްވާލުމަށް ފަޔާ އެންޑް ރެސްކިއު ސާވިސް އިން މަސައްކަތް ކޮށްފައިވާއިރު އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލް ކުރެވޭ ވަރުވީ ގާތްގަނޑަކަށް 3:00 ވަނިކޮށެވެ.
މި ހާދިސާގައި ބާޒާރުމަތީގައި ހުންނަ ޑޯން ކެފޭއާ ޖެހިގެން ހުރި ފިހާރައަކަށް ވެސް ގެއްލުންތަކެއް ލިބުނެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް އެމްއެންޑީއެފް އިން އަދި ހާމައެއް ނުކުރެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ