އަންނަ މަހުގެ ތިންވަނަ ދުވަހު މާލޭގައި އިދިކޮޅު އެމްޑީޕީން ބާއްވަން ނިންމާފައިވާ މުޒާހަރާއާ ގުޅޭ ބެނާތައް، ހުއްދަ ނުނަގާ މަގުތަކުގައި ދަމާފައިވާ ކަމަށް ބުނެ މިއަދު އެ ބެނާތައް ނަގާފައިވީ ނަމަވެސް އެމްޑީޕީގެ ފަރާތުން ހުއްދަ ހޯދުމަށް ސިޓީ ފޮނުވާފައި ވާނެ ކަމަށް އެޕާޓީން ބުނެފިއެވެ.
ސިޓީ ކައުންސިލްގެ މުވައްޒަފުން ލައްވާ އެ ބެނާތައް ނަގާފައި ވަނީ ސިޓީ ކައުންސިލްގެ މެޖޯރިޓީ އޮންނަ ޕީއެންސީ ކައުންސިލަރުންގެ ތާއީދާއެކުގައެވެ.
މާލެ ސިޓީ ކައުންސިލްގެ ރަސްމީ ވަޓްސްއަޕް ގްރޫޕުގައި ޕީއެންސީ ކައުންސިލަރުން ވަނީ ހުއްދަ ނުނަގާ ދަމާފައިވާ ބެނާތަކަކަށް ވާތީ އެ ބެނާތައް ނެގުމަށް ތާއީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.
ބައެއް ކައުންސިލަރުން ވަނީ އެ ބެނާތަކާއި އެމްޑީޕީން ހަވާލުވެފައި ނުވާ ކަމަށާއި އެއީ އެޕާޓީގެ ބެނާތަކެއް ނޫން ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވެފައެވެ.
އެކަމާއި ގުޅިގެން އެމްޑީޕީގެ ޗެއާޕާސަންގެ ނާއިބު އިބްރާހީމް ވަހީދު (އިބުރޭ) ވިދާޅުވީ ސިޓީ ކައުންސިލުން އެމްޑީޕީ އަށް ސިޓީ ފޮނުވީ މިމަހުގެ 14ވަނަ ދުވަހު ކަމަށާއި އެޕާޓީން ވެސް ސިޓީ ކައުންސިލްގެ ހުއްދަ ހޯދަން ސިޓީ ފޮނުވީ އެ ދުވަހު ކަމަށެވެ.
އިބުރޭ ވަނީ ސިޓީ ކައުންސިލުން އެމްޑީޕީ އަށް ފޮނުވި ސިޓީ އާއި އެޕާޓީން ސިޓީ ކައުންސިލަށް ފޮނުވި ސިޓީ އާއްމު ކޮށްފައެވެ.
ރަސްމީ ދަތުރުފުޅެއްގައި މާލެ ސިޓީގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު ހުންނެވީ ރާއްޖޭން ބޭރުގައެވެ. "ހަތާވީސް" އިން ގުޅާލުމުން މޭޔަރު އާދަމް އާޒިމް ވިދާޅުވީ ބެނާތައް ނެގިކަން އެމަނިކުފާނުގެ ސަމާލުކަމަށް އައިސްފައިވާ ކަމަށެވެ.
ސިޓީ ކައުންސިލްގެ ރަސްމީ ވަޓްސްއަޕް ގްރޫޕުގައި އެކަމަށަ ދެކޮޅު ހައްދަވާފައި ވާނެ ކަމަށާއި އެގޮތުން ގަވާއިދަށް ފައްތައިގެން ވެސް ބެނާތައް ބެހެއްޓުން ކިހިނެއްވާނެތޯ ކައުންސިލަރުންގެ ކިބައިން އައްސަވާފައި ވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.
އިލެކްޝަންސްގެ މެންބަރުކަމަށް ޝަކީލް އައްޔަންކޮށްފި
މަޖިލީހުގެ ރަނގަޅު ކޮމެޓީއަކަށް ސޯބެ ނުލާތީ އެމްޑީޕީގެ ކަންބޮޑުވުން
އީސީއަށް ޝަކީލް އައްޔަން ކުރާތީ ހައްޖު ކޯޕަރޭޝަނުން އިސްތިއުފާ ދީފި
ހިމަބިހީގެ އިތުރު ދެ ކޭހެއް، ޖުމްލަ އަދަދު 22 އަށް
ސަރުކާރުން ހިންގާނެ މުހިއްމު 19 މަޝްރޫއުއެއް ކަނޑައަޅައި ރައީސް ގަރާރެ
ލަމްހާ އާއި މާވިންގެ މައްޗަށް މޭރީ މަރާލިކަމުގެ ކުށް ސާބިތުވެއްޖެ