މިދިޔަ ޖުލައި މަހުގެ ތެރޭގައި ލ. މާވަށުގައި ހިންގި މާރާމާރީއެއްގައި ޒުވާނަކު މަރާލިކަމުގެ ތުހުމަތު ކުރެވޭ މީހާގެ މައްޗަށް ދައުވާކުރަން ފޮނުވައިފިއެވެ.
އެ މާރާމާރީގައި މަރުވެފައި ވަނީ ލ. މާވަށު، މޫސާ އިބްރާހިމް، 29، އެވެ. މޫސަ މަރާލި ކަމަށް ތުހުމަތު ކުރެވެނީ ހދ. ނޮޅިވަރަމްފަރު، މުހައްމަދު އިބްރާހިމް، 29އެވެ.
ފުލުހުން ބުނީ މިހާތަނަށް ބެލިބެލުމުން އެ މާރާމާރީއަކީ ދެމީހެއްގެ މެދުގައި ހިނގާފައިވާ މާރާމާރީއެއް ކަމަށެވެ.
ފުލުހުން ބުނީ މިދިޔަ އަންގާރަ ދުވަހު އެ މައްސަލައިގެ ތަހުގީގު ނިންމައި ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށާއި އެ އޮފީހުން އެ ރިޕޯޓު ބަލައިގެންފައިވާ ކަމަށެވެ.
އެ މައްސަލައިގެ ތަހުގީގެ ތެރެއިން ފުލުހުން ވަނީ މޫސަ މަރާލުމަށް ބޭނުންކުރި ކަމަށް ބެލެވޭ ހަތިޔާރުވެސް ހޯދައިފައެވެ. ފުލުހުން ބުނީ މޫސައަށް ހަމަލާދިނުމަށް ބޭނުންކުރި ކަމަށް ބެލެވޭ ވަޅި ހޯދީ ފުލުހުންގެ ޓީމަކުން މޫދަށް ފީނައިގެން ހޯދާފައިވާ ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ