ގަވާއިދާ ހިލާފަށް ރާއްޖޭގައި ދިރިއުޅެމުން އަންނަ ބިދޭސީން ހޯދުމާއި ބިދޭސީން ގާނޫނާ ހިލާފަށް ހިންގަމުން އަންނަ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ކުރަމުން އަންނަ މަސައްކަތުގެ ދަށުން މިއަދު ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު ބުނީ ގަވާއިދާ ހިލާފަށް ވިޔަފާރިކޮށް، ސައްހަ ވިސާއެއް ނެތި އުޅެމުން އަންނަ ބިދޭސީންނަށް އަމާޒުކޮށް މިއަދު ހަވީރު 4:00 އިން 6:00 އަށް ބޮޑު އޮޕަރޭޝަނެއް ކުރިޔަށް ގެންގޮސްފައިވާ ކަމަށެވެ.
އެ އޮޕަރޭޝަންގައި 463 ތަނެއް ބަލައި ފާސްކޮށް، ޖުމްލަ 932 ބިދޭސީން ޗެކްކުރެވިފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. މީގެތެރެއިން، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 81 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާ ކަމަށް ވެސް އިމިގްރޭޝަނުން ބުންޏެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރީގައި ހަރަކާތްތެރިވަމުން ދިއަކަމަށް ފާހަގަކުރެވުނު 10 ތަނެއްގެ މައުލޫމާތު ކަމާ ގުޅުންހުރި އިދާރާތަކާއި ހިއްސާކުރެވިފައިވާނެ ކަމަށެވެ.
ގާނޫނާއި ހިލާފަށް ވިޔަފާރި ކުރާ ބިދޭސީން ހޯދުމަށް ގައުމީ ފެންވަރުގެ އޮޕަރޭޝަނެއް މިމަހުގެ 22ވަނަ ދުވަހު ފަށާނެކަން އިއުލާން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ފ. އަތޮޅަށް ކުރެއްވި ދަތުރުފުޅުގައި އެ އަތޮޅު ނިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ ގިނަދުވަސްވެފައިވާ މައްސަލައެއް ކަމުގައިވީނަމަވެސް، އެކަމަށް ހައްލެއް ހޯދުމަށް މީގެ ކުރިން މާ ބޮޑެތި މަސައްކަތްތަކެއް ކުރެވިފައި ނުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އެހެންނަމަވެސް މި ސަރުކާރުން މިހާތަނަށް، ބިދޭސީންގެ ތެރެއިން 178،982 މީހެއްގެ މައުލޫމާތު ހޯދައި، ގަވާއިދާ ހިލާފަށް އުޅޭ މީހުންގެ ތެރެއިން ގިނަބަޔަކު ދެނެގަނެ، އެފަދަ 8000 އަށް ވުރެ ގިނަ މީހުން ޑީޕޯޓުކޮށްފައިވާކަން އެމަނިކުފާނު ހާމަކުރެއްވިއެވެ.
އިންސާފުވެރި އިންތިހާބެއް ލިބިދާނެކަމާމެދު ސުވާލު އުފެދޭ: މަޓޭ
4،000 ފްލެޓު: ޝަރުތު ހަމަނުވާ 450 މީހުން ލިސްޓުން އުނިކުރި
ވައްކަންކުރި މީހަކަށް އަނިޔާކުރި ދެ މީހަކު ހައްޔަރުކޮށްފި
ކައުންސިލް އިންތިހާބާ އެކު ރިފަރަންޑަމެއް ނަގަން އުޅޭ ކަމަށް ބުނެފި
މަންޑޭގެ މައްޗަށް 94 ދައުވާ ސާބިތުވާ ކަމަށް ކަނޑައަޅައިފި