މިނިވަން ނޫސްވެރިކަމަށް ހުރަސް އެޅޭ ގޮތަށް ބިލެއް މަޖިލީހުން އިއްޔެ ފާސްކޮށްފައިވަނިކޮށް، އެމްޑީޕީގެ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމެއް މިރޭ ބާއްވަން އެޖެންޑާކޮށްފިއެވެ.
އެމްޑީޕީ މައި ހަރުގޭގައި މިރޭ 8:00ގައި ފަށަން ނިންމާފައިވާ އެ ބައްދަލުވުމުގައި އެޖެންޑާކޮށްފައި ވަނީ ކޮން ކަމެއް އެ ޕާޓީއަކުން އަދި ހާމައެއް ނުކުރެއެވެ.
ގައުމީ މަޖިލިސް ބާއްވަން ނިންމާފައިވާއިރު، އިއްޔެ ބޭއްވި އިހްތިޖާޖުގައި ނޫސްވެރިންނާއި އާންމުންނާއި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގިނަ މެމްބަރުންތަކަކަށް ވަނީ އަނިޔާވެފައެވެ. "ކޮންޓްރޯލް ބިލް"އާ ދެކޮޅަށް ސުލްހަވެރިކަމާ އެކު، މަޖިލިސް ދޮށުގައި އިހްތިޖާޖު ކުރަމުންދަނިކޮށް ފުލުހުން ވަނީ ހާލަތާ ނުބައްދަލު ބާރުގެ ބޭނުންކޮށް، މަޖިލިސް ކައިރިން ގިނަ ބަޔަކު ދުރަށް ޖައްސާފައެވެ. އަދި ފުލުހުން ވަނީ އަދަދު ނޫހުގެ ނޫސްވެރިޔާ އަދި މީޑިއާ ކައުންސިލް މެމްބަރު ލީވާން އަލީ ނާސިރުގެ އިތުރުން އިހްތިޖާޖުގައި ހުރި ޓެކްސީ ޑްރައިވަރެއް ވެސް ހައްޔަރުކޮށްފައެވެ. ނަމަވެސް މާގިނަ އިރުތަކެއް ނުވެ، އެ ދެ މީހުން ދޫކޮށްލާފައިވެއެވެ.
އެމްޑީޕީން މިރޭ ގައުމީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވާލާފައިވާއިރު، އެ ޕާޓީން ވަނީ ރާއްޖޭގެ ގިނަ ބަޔަކު މާލެ އައިސް އަންނަ މަހުގެ 3، ވާ ހުކުރު ދުވަހު މާލޭގައި ބޮޑު އެއްވުމެއް ބޭއްވުމަށް ނިންމާފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ