ތަކުރާރުކޮށް ހައުސިން މިނިސްޓަރު މުއްތަލިބާއި ބައްދަލުކުރުމަށް އެދުމުން އެކަން ހަމަނުޖެހުމުން އިދިކޮޅު އެމްޑީޕީން ހައުސިން މިނިސްޓްރީ ދޮށަށް އެއްވެއްޖެއެވެ.
ހައުސިން މިނިސްޓްރީ ދޮށަށް އެއްވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ މެންބަރުން ވެސް ހިމެނިވަޑައިގަންނަވައެވެ. އެ ސަރަހައްދުގައި ތިބެ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު ވިދާޅުވީ ހައުސިން މިނިސްޓްރީ ދޮށަށް އެއްވާން ޖެހުނީ މިނިސްޓަރާ ބައްދަލުކުރަން ތަކުރާރުކޮށް އެދެމުން ވެސް އެކަން ހަމަނުޖެހުމުން ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުކޮށްދޭން ވެސް އެތައް ފަހަރަކު އެދިފައި ވާނެ ކަމަށާއި އެމްޑީޕީގެ ޕީޖީ ގްރޫޕުގެ މެންބަރުން މިނިސްޓަރާ ބައްދަލުކުރެއްވުމަށް އެދިފައިވާނެ ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.
"ހާއްސަކޮށް ރާއްޖޭގެ ގެދޮރުވެރިކަމާއި ފްލެޓުތަކާއި ގޯތި ދިނުމާއި ބިން ހިއްކުމާއި ގުޅުންހުރި ގިނަ މައްސަލަތަކެއްގައި އަދި އަޅުގަނޑުމެން ދާއިރާގެ ރަށްރަށުގައިވެސް ނުހިނގާ ހުރި މައްސަލަތަކާއި ގުޅޭ ގޮތުން ވާހަކަދެއްކުމަށް،" މިނިސްޓަރާ ބައްދަލުކުރަން ބޭނުންވާ ސަބަބުތަކާއި ގުޅޭ ގޮތުން މައުރޫފް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ މިނިސްޓަރާ ބައްދަލުކުރުމަށް އެކި ފަހަރު މަތިން އެދިފައިވާތާ މިއަދާއު ހަމައަށް ތިން މަސް ވެފައިވާ ކަމަށެވެ. ނަމަވެސް އެންމެ ބައްދަލުވުމަކަށް ވެސް ކިޔާފައި ނުވާ ކަމަށް މައުރޫފް ވިދާޅުވިއެވެ. ނަމަވެސް މިނިސްޓަރާ ބައްދަލުނުވުމުން މިނިސްޓްރީ ތެރެއަށް ވަނުމުން ވެސް ބައްދަލުނުވި ކަމަށް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ހައުސިން މިނިސްޓްރީ އަށް ވަނުމުން އެތަނުގައި ގިނަ އަދަދެއްގެ އާއްމު ރައްޔިތުން ވެސް އެކިއެކި ސިޓީތަކަށް ޖަވާބު ނުލިބިގެން އެބަ ތިބި ކަމަށެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ