މީޑިއާތައް ރެގިއުލޭޓު ކުރުމުގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލު، ދިރާސާ ކުރަމުން އަންނަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީ ސިއްރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް މާލެ ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އިއްޔެ ވެސް ބޭއްވި ކޮމެޓީ ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ. އިއްޔެގެ ބޭއްވި ބައްދަލުވުން ސިއްރު ކުރަން ނިންމީ ބިލާ ގުޅިގެން އާއްމުން ހުށަހަޅާފައިވާ ހިޔާލުތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާއްމު ވެދާނެ ކަމަށް ބުނެއެވެ. ބައެއް މާއްދާތަކަށް 10-12 ހިޔާލު ލިބިފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު ހުސައިން ރިޒާ ވިދާޅުވިއެވެ.
ކޮމެޓީ ބައްދަލުވުން މިއަދުވެސް ސިއްރުކުރީ ހަމަ އެހެންވެގެނެވެ. އެވަގުތު ކޮމެޓީގައި ތިބި ނޫސްވެެރިން ވަނީ ކޮމެޓީ ސިއްރުކުރީ މަޖިލިސް ގަވާއިދުގެ ކޮން މާއްދާއަކަށް ރިއާޔަތްކޮށްތޯ ކޮމެޓީގެ މުގައްރިރުގެ އަރިހުން އަހައިފައެވެ. އެކަމަކު އެ ސުވާލަކަށް ޖަވާބެއް ނުދެއްވައެވެ.
ނޫސްވެރިން ކޮމެޓީން މިއަދު ނެރެފައި ވަނީ ގަދަކަމުންނެވެ.
އެކަމާއި ގުޅިގެން އެކްސްގައި އާޒިމް ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުން ނޫސްވެރިންނަށް ސިއްރު ކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި އެ ކޮމިޓީން މިއަދު ކުރަމުން އެ ގެންދަނީ ނޫސްވެރިންނާއި ސީދާ ގުޅުން ހުރި ކަމެއް ކަމަށެވެ.
އެބިލުގައި ހުރި މާއްދާތަކާމެދު ނޫސްވެރިންގެ ކަންބޮޑުވުންތައް އިންތިހާއަށް ހުރިކަން ހުރިހާ ނޫސްވެރީންނާއި މީޑިއާތަކާއި މީޑިއާތަކުގެ ބެލެނިވެރި ފަރާތްތަކުގެ ވާހަކަތަކުން ސާފުވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އަދި މީޑިޔާ ރެގިލޭޓު ބިލާއި މެދު ރައްޔިތުން ދެކޭ ގޮތް އެންގުމުގެ ހައްގު އެންމެ ބޮޑީ އެ ބިލު ރައްދުވާ ފަރާތައް. އެއީ ނޫސްވެރިން. ނޫސްވެރިންނަށް ތިޔަ ކުރާ ގޯނާތަކާއި އަނިޔާތައް ފެންނަ ހިސާބުގަ ރައްޔިތުން އެބަތިބި. މިއަދު ގަދަކަމުން ނެރެ ތިޔަ އެއްލާލެވެނީ ރައްޔިތުންގެ އަޑު. ތިޔަ އަނިޔާ ކުރެވެނީ ރައްޔިތުންގެ ވާހަކަތަކާއި ޝަކުވާތައް ސަރުކާރާއި ހަމަޔަށް ފޯރުކޮއްދޭން ތިބި ހާދިމުންނަށް،" އާޒިމް ވިދާޅުވިއެވެ.
އާޒިމް ވަނީ ދިވެހި ރައްޔިތުންގެ ހައްގުގައި ދިވެހި ނޫސްވެރިން ކޮއްދެއްވަމުން ގެންދަވާ އިހްލާސްތެރި މަސައްކަތައް އެމަނިކުފާނުގެ ހިތުގެ އެންމެ ފުންމިނުން ޝުކުރު އަދާކުރައްވައިފައެވެ. މިނިވަންވަން ކަން ދެމެހެއްޓުމަށްޓަކައި ކުރެވޭ ކޮންމެ ކަމަކީ ޖިހާދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								