މީޑިއާ ކޮންޓްރޯލް ކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ މަސައްކަތް ކުރަމުން އަންނަ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމެޓީގެ ބައްދަލުވުން މިއަދުވެސް ސިއްރުކޮށްފިއެވެ.
އިއްޔެ ވެސް ބޭއްވި ކޮމެޓީ ބައްދަލުވުން ވަނީ ސިއްރު ކޮށްފައެވެ. އިއްޔެގެ ބޭއްވި ބައްދަލުވުން ސިއްރު ކުރަން ނިންމީ ބިލާ ގުޅިގެން އާއްމުން ހުށަހަޅާފައިވާ ހިޔާލުތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާއްމު ވެދާނެ ކަމަށް ބުނެއެވެ. ބައެއް މާއްދާތަކަށް 10-12 ހިޔާލު ލިބިފައިވާ ކަމަށް ކޮމެޓީގެ މުގައްރިރު ހުސައިން ރިޒާ ވިދާޅުވިއެވެ.
ކޮމެޓީ ބައްދަލުވުން މިއަދުވެސް ސިއްރުކުރީ ހަމަ އެހެންވެގެނެވެ. އެވަގުތު ކޮމެޓީގައި ތިބި ނޫސްވެެރިން ވަނީ ކޮމެޓީ ސިއްރުކުރީ މަޖިލިސް ގަވާއިދުގެ ކޮން މާއްދާއަކަށް ރިއާޔަތްކޮށްތޯ ކޮމެޓީގެ މުގައްރިރުގެ އަރިހުން އަހައިފައެވެ. އެކަމަކު އެ ސުވާލަކަށް ޖަވާބެއް ނުދެއްވައެވެ.
ނޫސްވެރިން ކޮމެޓީން މިއަދު ނެރެފައި ވަނީ ގަދަކަމުންނެވެ. މަޖިލިސް އިދާރާއިން ނޫސްވެރިން ނެރުމުން މިހާރު ނޫސްވެރިން އަންނަނީ މީޑިއާ ފެންޑާ ކުރިމަތީގައި އިހުތިޖާޖު ކުރަމުންނެވެ.
އަމިއްލަ މެމްބަރެއްގެ ގޮތުގައި މަޖިލީހުގައި އިންނެވި ތުޅާދޫ ދާއިރާގެ މެމްބަރު އަބްލްހަންނާން އަބޫބަކުރު މަޖިލީހަށް ހުށަހެޅުއްވި އެ ބިލުގެ މަސައްކަތް މިމަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް ނިންމަން ވަނީ ކޮމެޓީން ނިންމައިފައެވެ.
މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރާ ގޮތް:
- ބްރޯޑްކާސްޓަރުން ޖޫރިމަނާކުރެވޭނީ ލިބޭ އާމްދަނީގެ 10 ޕަސެންޓަށް ވުރެ ބޮޑު ނޫން އަަދަދަކުން
 - ނޫސްމަޖައްލާތައް ޖޫރިމަނާކުރެވޭނީ 5،000 ރުފިޔާ އާއި 100،0000 ރުފިޔާއާ ދެމެދު
 - ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭނީ 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދު
 
އެ ބިލުގެ ދަށުން އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން ތިއްބަވާނެއެވެ. ފަސް އަހަރު ދުވަހަށް އައްޔަން ކުރާ މެމްބަރުންގެ ތެރެއިން ތިން މެންބަރަކު އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. އަދި އަނެއް ހަތަރު މެމްބަރުން އިންތިހާބު ކުރާނީ މީޑިއާތަކާއި ނޫސްވެރިންގެ މެދުގައި ނަގާ ވޯޓަކުންނެވެ. އެ އިންތިހާބު ބާއްވާނީ އިލެކްޝަންސް ކޮމިޝަން (އީސީ)އިން ކަމަށް ބިލުގައި ބުނެފައިވެއެވެ.
ބިލުގައި ބުނެފައިވާ ގޮތުން ކޮމިޝަނަށް ރައީސަކު އައްޔަން ކުރާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނަމަވެސް ނައިބު ރައީސް އައްޔަން ކުރާނީ ކޮމިޝަންގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ބިލުގެ ދަށުން ކޮމިޝަންގެ ރައީސަށް ބޮޑެތި ބާރުތަކެއް ލިބިގެންވެއެވެ. އެގޮތުން ގާނޫނުގެ ދަށުން ކޮމިޝަނުން ކުރަންޖެހޭ އެންމެހައި މަސައްކަތް ރާވައި ހިންގާނީ ކޮމިޝަންގެ ރައީސެވެ. ކޮމިޝަންގެ ރިޔާސަތު ބެލެހެއްޓުމާއި މަސައްކަތް ހަވާލު ކުރުމުގެ ހުރިހާ ޒިންމާއެއް ވެސް މަތިކޮށްފައި ވަނީ ކޮމިޝަންގެ ރައީސަށެވެ.
ބިލުގައި ބުނެފައިވާ ގޮތުން މީހެއްގެ ނުވަތަ ބައެއްގެ ހުރުމަތް ކެނޑިދާނެފަދަ، ނުވަތަ އިއްޒަތާއި ގަދަރަށް އުނި ކަމެއް އަތުވެދާނެފަދަ ނުވަތަ ކޮންމެވެސް ސިފައެއްގައި ނިކަމެތި ކަމެއް ލިބިދާނެ ބަސްތަކާއި މުޖުތަމައުގައި ބޭނުންކުރުމަށް އެކަށީގެންނުވާ ބަސްތަކާއި އިޝާރާތާއި ހަރަކާތާއި އަމަލުތައް ހިމެނޭ އެއްވެސް އެއްޗެއް ނުދެއްކުން އަދި ޝާއިއު ނުކުރުން ހިމެނެއެވެ.
		
										
										
		
		
		
														
							
								ޝަރަފުގެ އައްޑަނައިގެ ހައްގުވެރިންނަކީ ދިވެހި ރައްޔިތުން: މައުމޫން								
														
							
								މިއަދަކީ އިންޑިއާގެ މަދަދުވެރިކަން ދާއިމަށް ހަނދާން ކޮށްދޭ ދުވަސް								
														
							
								ގައުމަށްޓަކައި ގުރުބާންވެވޭނީ ޔުނީފޯމް އަޅައިގެން ތިބެގެނެއް ނޫން								
														
							
								މާލޭ މީހުންނަށް ރަށްރަށުން ބިން ލިބުން ބޭނުންތެރި: ނަޝީދު								
														
							
								ކޮޅުވެއްޓި ބަންޑުން ޖަހާލި ހާދިސާގައި އެކަކު މަރުވެއްޖެ