ބ. ދޮންފަނުގެ ބިން ހިއްކުން ކުރިޔަށް ނުގެންދިޔަ ނަމަވެސް، އެރަށުގެ ބަނދަރުގެ މަސައްކަތާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށް ހައުސިން މިނިސްޓަރު މުއްތަލިބް ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިއަދު ވިދާޅުވީ ދޮންފަނު ބިން ހިއްކަން ކުރިން ނިންމީ އެރަށު ރައްޔިތުން އެގޮތަށް އެދުމުން ކަމަށެވެ. އަދި އެ މަސައްކަތް ކުރުމަށް އެގްރީމަންޓުގައި ސޮއި ވެސް ކޮށްފައިވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.
"ނަމަވެސް، ރައްޔިތުން އެކަން މިހާރު ބޭނުން ނުވާ ކަމަށް އަޅުގަނޑަށް ރައްޔިތުންގެ ފަރާތުން މައުލޫމާތު ލިބިފައިވަނީ. އެހެން ކަމުން، އެރަށުގެ ބިން ހިއްކުން ސަރުކާރުން ކުރިޔަށް ނުގެންދާނެ ވާހަކަ ދަންނަވަން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރަސްމީކޮށް ދޮންފަނު ކައުންސިލަށް މިއަދު ސިޓީއިން ކަމާބެހޭ ވުޒާރާއިން އެކަން އަންގާނެ ކަމަށެވެ.
ރައީސްގެ އެ ޕޯސްޓް އެކްސްގައި ރީޕޯސްޓް ކުރައްވާ މިނިސްޓަރު އެކްސްގައި ވިދާޅުވީ ބިން ހިއްކުން ކުރިއަށް ނުގެންދިޔަ ނަމަވެސް ބަނދަރުގެ މައްސަލަ ހައްލުކުރުމާއި، ގޮޑުދޮށް ހިމާޔަތްކުރުން ސަރުކާރުން ކުރިއަށް ގެންދާނެ ކަމަށެވެ.
ދޮންފަނުން އެންމެ ފަހުން ގޯތި ދޫކޮށްފައި ވަނީ 2011ވަނަ އަހަރުއެވެ. އެއަށްފަހު އެރަށުން ގޯތި ދޫކޮށްފައިނުވާއިރު ސަރުކާރުން ނިންމީ 13 ހެކްޓަރުގެ ބިން ހިއްކާށެވެ. ނަމަވެސް އެރަށުގެ ބިން ހިއްކުމުން އެރަށާއި ޖެހިގެން އޮންނަ ހަނިފަރަށް ގެއްލުން ވާނެތީ ދޮންފަނު ބިން ނުހިއްކަން ގިނަ ބަޔަކު ވަނީ ގޮވާލައިފައެވެ.
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި