ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އިއްޔެ ވަކިކުރެއްވި ހުސައިން ފަހުމީއަށް ރައީސް އޮފީހުން މިނިސްޓަރު ފެންވަރުގެ މަގާމަކަށް ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ބުނި ގޮތުގައި ފަހުމީ ހަމަޖެއްސީ ޕްރިންސިޕަލް ސެކްރެޓަރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށެވެ.
ސްޓެލްކޯގައި 27 އަހަރު މަސައްކަތް ކުރެއްވި ފަހުމީ އެ ކުންފުނިން އިއްޔެ ވަކި ކުރެއްވުމުން އޭނާ އަށް އެ ފުރުސަތު ދެއްވީތީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ޝުކުރު އަދާކުރައްވައިފައެވެ.
ފަހުމީ ސްޓެލްކޯ އިން ވަކިކުރެއްވުމަށްފަހު އެ މަގާމަށް ހަމަޖައްސާފައި ވަނީ މިފްކޯގެ ސީއީއޯ ކަމުން ވަކިކުރެއްވުމަށްފަހު ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައި ހުންނެވި އަހްމަދު ޝަމާހް ރަޝީދެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ