ސިނަމާލެ ބްރިޖު ހައިވޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ފުރޮޅު ފަޅައިގެން ގޮސްގެން ފުރޮޅާލައިފިއެވެ.
ފުލުހުން ބުނީ ޕިކަޕު ފުރޮޅާލީ އެ ޕިކަޕުގެ ފުރޮޅު ފަޅައިގެން ގޮސް ހައިވޭގައި ހުރި ޑިވައިޑަރުތަކުގައި ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓު ހިނގީ މެންދުރު 12:40ހާއިރުއެވެ.
އެ އެކްސިޑެންޓުގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ. އެ އެކްސިޑެންޓުގައި ޕިކަޕު ކާރެއްގައި ޖެހުނު ކަމަށާއި އެކަމަކު ކާރަކަށް ވެސް ގެއްލުމެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ.
ސްޕީޑު ލިމިޓަށްވުރެ ބާރަށް ޕިކަޕު ދުއްވުމުން ފިޔަވަޅު އަަޅާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ