ހުޅުމާލެ ފޭސް އެކެއްގައި އެސްޓީއޯ އިން އިމާރާތް ކޮށްފައިވާ ސިޓީ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް، ފޭސް ދޭއްގެ ބިމަކާއި ބަދަލުކޮށްފިއެވެ.
އެސްޓީއޯ އިން މިއަދު މީޑިއާތަކަށް ފޮނުވާފައިވާ މައުލޫމާތުގައިވާ ގޮތުން، އެކުންފުނިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ހޮޓަލް، އެޗްޑީސީއާއެކު 20 މިލިއަން ޑޮލަރަށް އަގުކޮށް އެއްބަސްވުމަށްފަހު، ހުޅުމާލޭ ފޭސް ދޭކުން ބިމަކަށް ބަދަލުކުރުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެފައިވެއެވެ.
އެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ މިދިޔަ މަހުގެ 31ވަނަ ދުވަހު ކަމަށް ވެސް އެސްޓީއޯ އިން ބުންޏެވެ.
އެ މުއާމަލާތާއި ގުޅިގެން އެ ކުންފުނީގެ ހިސާބުތަކަށް އައިސްފައިވާ ބަދަލުތަކުގެ ތަފްސީލު، މި އަހަރުގެ އެސްޓީއޯގެ މާލީ ބަޔާންތަކުގައި ހިމެނޭނެ ކަމަށް ވެސް އެކުންފުނިން ބުނެއެވެ.
އެސްޓީއޯ އިން ތަރައްގީކުރަން ފެށި ހޮޓާ އިމާރާތުގައި ހުރި ތަން ހިންގަން ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރަން އެޗްޑީސީން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ