ރައްޔިތުން މަޖިލީހުގެ މެންބަރުންގެ ތެރެއިން މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް 15 ދުވަހުގެ ނޯޓިސްއެއް ރައްޔިތުން މަޖިލީހުގެ އިދާރާއިން ފޮނުވައިފިއެވެ.
މެންބަރު ކަމުގެ ހުވާކުރާ ތާރީހުން ފެށިގެން އެއް އަހަރު ދުވަސް ފުރިހަމަވުމުން މަޖިލީހުގެ މެންބަރުންގެ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހަޅަން ވާނެ ކަމަށް މަޖިލީހުގެ ގަވާއިދުގައި ބުނެފައިވެއެވެ. އެ މުއްދަތު މިދިޔަ މަހުގެ 31ވަނަ ދުވަހަށް ހަމަވެފައިވާއިރު ބައެއް މެންބަރުންގެ މާލީ ބަޔާން ވަނީ އާއްމު ކޮށްފައެވެ.
މާލީ ބަޔާން ހުށަހަނާޅާ މެންބަރުންގެ ތެރޭގައި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު އާއި މައްޗަންގޮޅި މެދު ދާއިރާ މެންބަރު އަހުމަދު ޒަމީރާއި މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހީމާއި ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހީން ހިމެނެއެވެ. އަދި މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ވެސް މާލީ ބަޔާން ހުށަނާޅާ މެންބަރުންގެ ތެރޭގައި ހިމެނެއެވެ.
މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް 15 ދުވަހުގެ ނޯޓިހެއް މަޖިލީހުގެ އަމީން އާއްމު މިދިޔަ ހޯމަ ދުވަހު ވަނީ އެ މެންބަރުންނަށް ފޮނުވައިފައެވެ.
މިއީ މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް އެންމެ ފުރަތަމަ އަޅާ ފިޔަވަޅެވެ. އެ ފިޔަވަޅު އެޅުމަށްފަހު ވެސް މެންބަރުން މާލީ ބަޔާން ހުށަނާޅައިފި ނަމަ މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސަތުން އެ މެމްބަރެއްގެ ނަން އިއްވައި، ތަޅުމުން ނެރުމަށް މަޖިލީހުގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.
އަދި މަޖިލިސް ޖަލްސާއެއްގައި އެ މެންބަރަކަށް ދެން ބައިވެރިވެވަޑައިގަނެވޭނީ މާލީ ބަޔާން ހުށަހެޅުމުންނެވެ.
ކުރީގެ މޭޔަރު އާދަމް މަނިކުގެ ތާއީދު ޖަލީލަށް
ހަނގުރާމައިގެ ސަބަބުން 85 މިލިއަން ޑޮލަރުގެ ގެއްލުމެއް ވެދާނެ
ރާއްޖެ އަށް އެތެރެކުރަން އުޅުނު 11 ކިލޯގެ ޑުރަގު އަތުލައިގެންފި
އެފޯޑަބަލް ހައުސިންގެ 1،224 ފްލެޓުގެ މަސައްކަތް ފަށައިފި
ގިރާވަރުފަޅު ބިން އޭޕްރީލް މަހު ހިއްކާ ނިންމާލެވޭނެ: ރައީސް
މަހުޖަނުގެ ލޯންޗު އެކްސިޑެންޓުގައި އެކަކުގެ އަތް ބުރިވި: ފުލުހުން