ދިވެހިރާއްޖެ ހަމަމަގަށް އެޅުވުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް ކުރަން އެމް.ޑީ.ޕީ ނިކުންނާނެކަމަށާއި، އެކަމުގައި ވަކި ކުލަޔަކަށް ބެލުމެއް ނެތި އެންމެން ނިކުތުމަށް އެޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
ރޭ އެމް.ޑީ.ޕީ ހަރުގޭގައި ބޭއްވި އެޕާޓީގެ ޤައުމީ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޑރ. މުޢިއްޒުގެ ސަރުކާރުން މުޅި ރާއްޖެ ލޫޓުވައިފިކަމަށާއި، އެކަމާއި ދެކޮޅަށް ނިކުންނަން ޖެހޭކަމަށެވެ. 'ލޫޓުވާލައިފި' މިނަމުގައި އެމްޑީޕީއިން އަންނަ އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހު ހަރަކާތެއް ބާއްވާނެކަން ވަނީ އިއުލާނުކޮށްފައެވެ.
ޝާހިދު އިތުރަށް ވިދާޅުވީ ރައްޔިތުންގެ އުއްމީދާއި، ދައުލަތުގެ ޚަޒާނާއާއި މުޅި ދައުލަތް ސަރުކާރުން ލޫޓުވާލައިފިކަމަށެވެ. އަދި ރައްޔިތުންގެ އަޑު އިއްވަން މަޖިލީހަށް ހޮވި ރައްޔިތުންގެ މަންދޫބުންގެ އަޑުވެސް ސަރުކާރުން ފޭރިގެންފިކަމަށް ޝާހިދު ސިފަކުރެއްވިއެވެ. ހަމައެއާއެކު އަދުލު އިންސާފުގެ ނިޒާމުގެ މައްޗަށް ރައްޔިތުންގެ އޮތް އިތުބާރާއި ޔަޤީންކަންވެސް ސަރުކާރުން ލޫޓުވާލައިފިކަމަށެވެ. އަދި މިހާރު މަޖިލީހުގައި އޮތް މީޑިއާ ރެގިއުލޭޝަން ބިލަށް އިޝާރާތްކުރައްވައި ޝާހިދު ވިދާޅުވީ މިހާރު ސަރުކާރުން މަސައްކަތްކުރަނީ ޑިމޮކްރަސީގެ ހަތަރުވަނަ ބާރުކަމަށްވާ މީޑިއާގެ މިނިވަންކަން ލޫޓުވާލަންކަމަށެވެ.
ރޭ ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ޕާޓީގެ ރައީސްގެ އިތުރުން ޕާޓީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ސާލިހްއާއި، ޕާޓީގެ ޗެއަރޕަރސަން އޛ ފައްޔާޒް އިސްމާއިލް އަދި ޤައުމީ މަޖިލީހުގެ ގިނަ މެމްބަރުން ބައިވެރިވެވަޑައިގަތެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް