ޗައިނާ އިން ރާއްޖެއާއެކު އެކި ދާއިރާތަކުން އެއްބާރުލުން ދިނުމުގެ 11 އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އެ އެއްބަސްވުމުގައި ސޮއި ކުރުމުގެ ރަސްމިއްޔާތު ބާއްވާފައި ވަނީ ޗައިނާގެ ބެއިޖިންގެ، ވަންގްފުޖިންގް ހިލްޓަން ހޮޓެލްގައި މިއަދު ބޭއްވެވި ރަސްމިއްޔާތެއްގައެވެ. އެ ރަސްމިއްޔާތުގައި ޗައިނާގެ ރައީސްގެ ދައުވަތަކަށް މިހާރު އެގައުމަށް ވަޑައިގެން އުޅުއްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ރައީސް އޮފީހުން މިއަދު ބުނީ އެ ރަސްމިއްޔާތުގައި، ރާއްޖެއާއި ޗައިނާއާއި ދެމެދު އެކިދާއިރާތަކުން ގުޅުންބަދަހިކުރުމުގެ މަގުސަދުގައި މުހިންމު 11 އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އޭގެ ތެރޭގައި އިޤްތިޞާދީ ތަރައްޤީ، އުމުރާނީތަރައްޤީ އަދި އިޔާދަކުރަނިވި ހަކަތައިގެ ދާއިރާއިން ދެޤައުމުން އެއްބާރުލުން އިތުރުކުރުމާގުޅޭ އެއްބަސްވުން ހިމެނެއެވެ. އެ އެއްބަސްވުންތަކަކީ ކުރިއަށް އޮތް ތަނުގައި ދެގައުމުގެ މެދުގައި އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެގެންދިޔުމާއެކު، ދެމެހެއްޓެނިވި ތަރައްގީ އަށް އެޅިގެންދާ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށްވެސް އެ އޮފީހުން ބުންޏެވެ.
ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅަކީ، ޗައިނާގެ ރައީސް ޝީ ޖިންޕިންގ ގެ ދައުވަތަކަށް، ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގެންނެވުމަށް އެ ގައުމަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.
ގެއްލުނު ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ
ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު ތިން ރައީސުންގެ އެއްބަސްވުމެއް!
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި