މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުވެސް ދެކޮޅު ހައްދަވައިފިއެވެ.
އެމަނިކުފާނު އެ ބިލަށް ދެކޮޅު ހައްދަވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ މަނިކުފާނަކީ ވެސް ލިޔުންތެރިއެއްގެ ގޮތުންނާއި ފާޅުކުރެއްވި ހިޔާލުތަކަކާ ގުޅިގެން ޖަލު ބަންދުގައި ދުވަސްތައް ހޭދަކުރަން ޖެހިވަޑައިގަތް ބޭފުޅެއް ކަމަށެވެ.
އަދި ވިދާޅުވީރައްޔިތުންގެ ހިޔާލު ފާޅުކުރުމުގެ މިނިވަން ކަމަށް ސަރުކާރަކުން ހުރަސް އަޅާ ނަމަ އެކަމުގެ ސަބަބުން ގައުމޔގެ މިނިވަންކަމާއި ތަނަސްވަސްކަމަށް ހީނަރުކަން އަންނާނެ ކަމަށެވެ. އެހެންކަމުން އެ ބިލު ތަސްދީގު ނުކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒަށް ވަނީ ގޮވާލައްވައިފައެވެ.
މީޑިއާތަކާއި ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަންގެ ނަމުގައި ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށަހަޅާފައިވާ ބިލުގައި ހުރި ކަންކަމަށް ނޫސްވެރިންނާއި މީޑިއާތަކުން އަންނަނީ ދެކޮޅު ހަދަމުންނެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެ ޖަލްސާގައި އެ ބިލު ވަނީ ބަލައިގެންފައެވެ. ބިލު ބަލައިގަތީ 49 މެންބަރުންގެ ވޯޓުންނެވެ. ބިލު ބަލައިގަތުމާއި ދެކޮޅަށް 12 މެންބަރުން ވޯޓު ދެއްވިއެވެ.
ޗުއްޓީގައި އޮތް މަޖިލީހުން ދައުރުން ބޭރުން ބޭއްވި ޖަލްސާ ފެށުނީއްސުރެއް ނޫސްވެެރިން ވަނީ އިހުތިޖާޖު ކޮށްފައެވެ. އަދި ފަހުން ރައީސް އޮފީސް ކައިރީގައި ވެސް މުލީއާގެ ކައިރީގައި ވެސް އިއްޔެ މުޒާހަރާ ކުރިއެވެ.
ދަނާލުގައި މަރުވި ކުއްޖާގެ މައުލޫމާތު ހާމަކުރީ ކަންބޮޑުވުންތަކާއި ހެދި
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާއަށް އެމްބަސެޑާ އެޓް ލާޖުގެ މަގާމަށް
މާލޭ ސަރަހައްދުގައި މެންޓަލް ހެލްތު ހޮސްޕިޓަލެއް އަޅަނީ
ޗެއާޕާސަން އިންތިހާބުގައި އެމްޑީޕީ ޕީޖީގެ ތާއީދު މީކާއީލަށް
"ބޮޑު ބަދަލާ"އެކު 2028 ގެއްލުމުގެ ފުރުސަތު ބޮޑު: ޝަމްހީދު
ގޮނޑި ގެއްލޭ އިސްލާހުގެ ހުކުމް ބުދަ ދުވަހު