ޑރ. ޕެޕާ ނަމަކަށް ކިޔާ ބުއިމެއްގައި ބެންޒޮއިކް އެސިޑް އިތުރުވުމުން އެ ބުއިން ރާއްޖެ އެތެރެކުރުމާއި ބާޒާރުގައި އެ ވިއްކުން ފުޑް އެންޑް ޑްރަގުން މަނާކޮށްފިއެވެ
އެމްއެފްޑީއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ "ޑރ ޕެޕާ" ގައި ހުންނަން ޖެހޭ މިންވަރަށް ވުރެ ބެންޒޮއިކް އެސިޑް އިތުރުވުމުގެ ސަބަބުން އެ އުފެއްދުން ބާޒާރުން ނެގުމަށާއި އަދި ވިއްކުން މަނާ ކުރަން އަންގާ ކަމަށެވެ. މީގެއިތުރުން އެ ުއިން ނައްތާލުމަށް ވެސް ވަނީ އަންގައިފައެވެ.
އެ އުފެއްދުން ރާއްޖޭއަށް އެތެރެވެފައިވާ ކަމުގެ މައުލޫމާތު ޔޫރަޕްގެ ރެޕިޑް އެލާޓް ސިސްޓަމް ފޮރ ފުޑް އެންޑް ފީޑް މެދުވެރިކޮށް އެ އޮތޯރިޓީއަށް ލިބިފައިވާ ކަމަށް އެމްއެފްޑީއޭ އިން ބުނެއެވެ.
އެހެން ކަމުން ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން މި އުފެއްދުން ރާއްޖެއަށް އެތެރެނުކުރުމަށާއި ނުވިއްކުމަށާއި ބޭނުން ނުކުރުމަށް ވަނީ އަންގައިފައެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ