މާލޭ ރައްޔިތުންނަށް ގޯތި ހޯދައިދިނުމަށް ބައިވެރިނުވާނެ އެއްކަމެއް ވެސް ނޯންނާނެ ކަމަށް މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީ ކައުންސިލްގެ ތައިސޭކޮށީގައި ބޭއްވި "ގިރާވަރު ބިންވެރިންގެ ސައްލާ" ގައި ވާހަކަފުޅު ދައްކަވަމުން މޭޔަރު އާޒިމް ވިދާޅުވީ، ވާހަކަ ދައްކައިގެން ހައްލު ނުވެއްޖެނަމަ މަގުމައްޗަށް ނުކުންނަން ޖެހުނު ކަމުގައި ވިޔަސް އެފަދަ ހަރަކާތްތަކުގައި ވެސް މޭޔަރެއްގެ ހައިސިއްޔަތުން ބައިވެރިވާނެ ކަމަށެވެ.
"ބައިވެރިނުވާނެ އެއް ކަމެއް ވެސް ނޯންނާނެ. ތިބޭފުޅުންނަށް ގޯތި ހޯދައިދިނުމަށްޓަކާ. ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވާ ފަހަރަކު އެންމެ ގިނައިން ދައްކާފައިވާނީ މިވާހަކަ،" މޭޔަރު ވިދާޅުވިއެވެ.
މޭޔަރު އާޒިމް ފާހަގަކުރެއްވި ގޮތުގައި ބިން ހިއްކާފައި ކައުންސިލްތަކާ ބިން ހަވާލުކުރާ ކަމަށާއި، އައްޑޫފަދަ ތަންތަނުގައި ވެސް އެކަން ކުރަނީ އެގޮތަށް ކަމަށެވެ. ނަމަވެސް މާލެ ސަރަހައްދުގައި ސަރުކާރުން ކަންކުރަނީ އެގޮތަށް ނޫން ކަމަށް ފާހަގަކުރެއްވިއެވެ. އަދި ކައުންސިލްތަކަކީ ރައްޔިތުންނާ އެންމެ ގާތުން ހިދުމަތްދޭ ތަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން މޭޔަރު ވިދާޅުވީ ސަރުކާރަށް ނުކުރެވޭ ކޮންމެ ކަމެއްގެ ވާހަކަ ދެއްކުމަކީ ސަރުކާރާ އިދިކޮޅު ފަރާތްތަކެއް ކަމަށް ސިފަކުރުމަކީ ދެރަކަމެއް ކަމަށެވެ.
"ތަންކޮޅެއް ހަރުދަނާ ވާން ވެއްޖެ، ރައްޔިތުންގެ ބަސް އަޑުއަހާ ވަރުގެ ކަންފަތުގެ ގާބިލުކަން ވެސް ހުންނަން އެބަޖެހޭ. އެހެން ނޫނިއްޔާ ރައްޔިތުން ކައިރިއަށް ގޮސް ވޯޓު ހޯދައިގެން މި ތަންތަނަށް އަންނާނެ ކަމެއް ނެތް. ގޭގައި ތިއްބެވީމަ ރަނގަޅުވާނެ. ރައްޔިތުން ކައިރިއަށް މިކަން ކޮށްދޭނަމޭ، އެކަން ކޮށްދޭނަމޭ ކިޔާފަ އައިއްސަ ދެނެއް އެ ބޭފުޅުންނަށް ފިލައިގެނެއް ނޫޅެވޭނެ،" މޭޔަރު ވިދާޅުވިއެވެ.
ހުޅުމާލެ ފޭސް 3، ގުޅިފަޅު، ގިރާވަރު ފަޅު އަދި އުތުރުތިލަފަޅުގެ ހިއްކުން އޮތީ ހުއްޓިފައެވެ.
"ގިރާވަރު ބިންވެރިންގެ ސައްލާ" މިރޭ ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނިކޮށް، އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ މާލެ ސަރަހައްދުގެ ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރަން އިތުރު ޑްރެޖަރުތަކުގެ ބޭނުން ހިފަން ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އޮކްޓޯބަރު މަހު 45،000 ޓަނުގެ ދެ ހޮޕާ ޑްރެޖަރާއި 11،000 ޓަނުގެ ހޮޕާ ޑްރެޖަރެއް ބޭނުން ކުރަން ހަމަޖެހިފައިވާ ކަމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								