ސަރުކާރުގެ އެންމެ ބޮޑު ވިޔަފާރި ކުންފުނި އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުގެ ޕާޓްނާޝިޕް ފާހަގަކުރުމަށް ހާއްސަ ހަފްލާއެއް ބާއްވައިފިއެވެ.
އެ ހަފްލާ އޮތީ ރޭ ކުރުނބާ މޯލްޑިވްސް ރިސޯޓުގައެވެ. އެ ހަފްލާ ޝަރަފްވެރި ކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯއެވެ. މީގެ އިތުރުން އެސްޓީއޯގެ އެމްޑީ އަދި ސީއީއޯ، ޝިމާދު އިބްރާހިމް އަދި މަކިޓާގެ ފަރާތުން މަކިޓާގެ ޑިރެކްޓަރު، ކޯޕަރޭޓް އޮފިސަރު، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއާޓާ، އޮމޮޓޭ ޓަކާޝީ ވެސް ވަނީ މިހަފްލާގައި ބައިވެރިވެ ވަޑައިގަންނަވާފައެވެ.
އެސްޓީއޯ އިން މިއަދު ބުނޫ އެ ހަފްލާގައި މަކިޓާގެ އައު ޓޫލްސްތައް ތައާރަފް ކޮށް، ހާއްސަ އެކްސްޕީރިއަންސް ޒޯނެއްގައި ބައެއް ޓޫލްތައް ބޭނުން ކުރެވޭ ގޮތް ހަފްލާގެ ބައިވެރިންނަށް ދައްކާލާފައިވާ ކަމަށެވެ.
މީގެ އިތުރުން އެސްޓީއޯ ކޮންސްޓްރަކްޝަންސް ސޮލޮއުޝަންސްގެ ޑިރެކްޓަރު މުހައްމަދު އީމާން ވަނީ އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުވީ ގާތް ގުޅުމަށް އަލިއަޅުވާލާ، ކަސްޓަމަރުންނަށް ހާއްސަ ޝުކުރެއް ދަންނަވާފައެވެ.
ހަމަ އެއާއެކު، އެސްޓީއޯ މަކިޓާއިން އެންމެ ގިނައިން ވިޔަފާރި ކުރި ކަސްޓަމަރުންނަށާއި އެސްޓީއޯ މަކިޓާއާއި ގާތް ގުޅުމެއް ބާއްވަމުން ގެންދާ ކަސްޓަމަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ހަނދާނީ ފިލައެއް އެ ހަފްލާގައި ވަނީ އަރުވާފައިވެއެވެ.
އޭގެ ތެރޭގައި އެމްއޭސީއެލް އާއި އެޗްޑީސީ އާއި ސްޓެލްކޯ އާއި އެމްޕީއެލް އާއި އެމްޓީސީސީ އަދި އެމްއެންޑީއެފްގެ އިތުރުން ޔުނިވާސަލް ހިމެނެއެވެ. މީގެއިތުރުނަ ހޯކްސް ޕްރައިވެޓް ލިމިޓެޑާއި އަލިއާ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑާއި އެސްޖޭ ކޮންސްޓްރަކްޝަންސް ޕްރައިވެޓް ލިމިޓެޑް ފަދަ ފަރާތްތަށް ހިމެނެއެވެ.
އެ ހަފްލާ ނިންމާލުމުގެ ގޮތުން، މަކިޓާގެ ޑިރެކްޓަރު، ކޯޕަރޭޓް އޮފިސަރު، ބައިނަލްއަގުވާމީ ސޭލްސް ހެޑްކުއާޓާ، އޮމޮޓޭ ޓަކާޝީ އަދި ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރުމިކޯ ވަނީ ވާހަކަފުޅު ދައްކަވާފައެވެ.
އެބޭފުޅުން ވަނީ މަކިޓާ އާއި އެސްޓީއޯ އާއި ދެމެދު އޮތް ގުޅުން ފާހަގަކޮށް އޭގެ ސަބަބުން ރާއްޖޭގެ އިމާރާތް ކުރުމުގެ ސިނާއަތަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކޮށް އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.
ހަމަ އެއާއެކު މަކިޓާ އާއި އެސްޓީއޯގެ ޕާޓްނާޝިޕްގެ ސަބަބުން ޖަޕާނާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުމަށް ކޮށްފައިވާ ހެޔޮ ބަދަލުތައް ސަފީރު ފާހަގަ ކުރެއްވިއެވެ.
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް
ކޮންމެ ބޭފުޅަކު ނުކުތަސް، އަޅުގަނޑު ހުންނާނީ ފައްޔާޒާ އެކު: ނަޝީދު