އެސްޓީއޯއިން ވިއްކަމުން ގެންދާ މަޝްހޫރު ޑެވޮންޑޭލަށް ހާއްސަ ކޮށްގެން އެސްޓީއޯ ޖެނެރަލް ޓްރޭޑިންގުން މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިއަށްގެންދާ ޕްރޮމޯޝަނެއް ފަށައިފިއެވެ.
އެސްޓީއޯ އިން މިއަދު ބުނީ އެ ޕްރޮމޯޝަންގައި ޑެވޮންޑޭލްގެ 1 ލީޓަރުގެ ކިރު ކޭހެއް ގަނެގެން ކޮންމެ ކަސްޓަމަރަކަށް ހާއްސަ ލަކީ ޑްރޯއެއްގައި ބައިވެރިވެވޭނެ ކަމަށެވެ. އެ ޕްރޮމޯޝަންގައި ދޫކުރާ 30 ހާސް ކޫޕަން ހޯދުމުގެ ފުރުސަތު ހޯލްސޭލް އަދި ރީޓެއިލް ކަސްޓަމަރުންނަށްވެސް ލިބިގެންދާނެއެވެ.
އެސްޓީއޯ އިން ބުނިގޮތުގައި ލަކީ ޑްރޯގައި ކޮންމެ ހަފްތާއަކުވެސް ފަސް ނަސީބުވެރި ފަރާތް ހޮވުމަށް ވަނީ ހަމަޖެހިފައެވެ. އެއިން ކޮންމެ ފަރާތަކަށް 1000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބިގެންދާނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ. މީގެ އިތުރުން ޕްރޮމޯޝަން ނިމުމުން ނަސީބުވެރި 3 ފަރާތެއް ހޮވުމަށް ވަނީ ހަމަ ޖެހިފައެވެ.
އެގޮތުން އެ ގުރުއަތުގައި ހޮވޭ ތިން ފަރާތަކަށް ފައިސާގެ އިނާމު ލިބިގެންދާނެއެވެ. އެއްވަނަ އަށް ހޮވޭ ފަރާތަކަށް 50،000 ރުފިޔާ އަދި ދެވަނަ އަށް ހޮވޭ ފަރާތަކަށް 25،000 ރުފިޔާ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް 15،000 ރުފިޔާގެ ފައިސާގެ އިނާމު ލިބިގެން ދާނެއެވެ.
އެ ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯ ޕީޕަލްސް ޗޮއިސް، އެސްޓީއޯ ހޯލްސޭލް ސެންޓަރ، އެސްޓީއޯ ހުޅުމާލޭ ހޯލްސޭލް އަދި އެސްޓީއޯ ވިލިމާލޭ ފިހާރައިގައެވެ.
އަދި އަންނަ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އެސްޓީއޯގެ ހުރިހާ ރީޖަނަލް އައުޓްލެޓްތަކަށް އެ ޕްރޮމޯޝަން ފުޅާ ކުރެވިގެންދާނެ ކަމަށްވެސް އެސްޓީއޯ އިން ބުނެއެވެ. ޕްރޮމޯޝަން ކުރިއަށްދާނީ އިއްޔެ އިން ފެށިގެން އަންނަ އޮކްޓޫބަރު މަހުގެ ނިޔަލަށެވެ.
ކަނޑުމަގުން އެތެރެކުރި 5،600 ވޭޕް ކާޓްރިޖު އަތުލައިގެންފި
ނަމާދު ވަގުތަށް ކުޅިވަރު ކުޅުން 20 މިނެޓަށް މެދުކަނޑާލަން އަންގައިފި
ކުރިއެރުމާއި ހަމަޖެހުން ބިނާވެގެންވަނީ އެއްބައިވަންތަކަމުގެ މައްޗަށް
ހިތަދޫ އުތުރު ދާއިރާގެ މެމްބަރުކަމުގެ ހުވާ، ސޯބެ ކުރައްވައިފި
ފަސް ތަރީގެ ބްރެޒިލަކަށް މޮރޮކޯގެ ކައިރިން ކުރިއެއް ނުލިބުނު
ޒީނާޒަށް ހެލްތުގެ ސްޓޭޓު މިނިސްޓަރުކަން ދީފި