މަޑިވަރު ފިނޮޅު ހިމާޔަތްކޮށްދީ، ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދީގެން އެތަން ތަރައްގީ ކޮށްދެއްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެ އަތޮޅު ރަސްދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ރަށުގެ ފަތުރުވެރިކަމަށާއި ޖުމްލަކޮށް ރައްޔިތުންގެ ބޭނުންތަކަށްވެސް ބޭނުންކުރަން އޮތް މަޑިވަރު ފިނޮޅު، ހިމާޔަތްކޮށް އެ ފިނޮޅަކީ ރަސްދޫ ރައްޔިތުންނަށް ބޭނުންކުރެވޭނެހެން އޮންނަ ތަނަކަށް ހަދައިދިނުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށެވެ.
އެގޮތުން އެތަނުގެ ވަށައިގެން ޖިއޯބޭގްސް ޖަހައި ވެލިއަރާނެގޮތަށް ތަރައްގީކޮށްދީ، ލޯކަލް ޓޫރިޒަމާއި ޕިކުނިކު ދިއުންފަދަ ހުރިހާ ބޭނުމަކަށް ބޭނުންކުރެވޭގޮތަށް، ވަރަށް އިސްކަން ދީގެން ކުރިއަށްގެންދާ މަޝްރޫއުއެއްގެ ގޮތުގައި އެ ފިނޮޅުގެ މަޝްރޫއު ކުރިއަށް ގެންގޮސްދެއްވާނެ ކަމުގައި ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރަށުގެ ބައެއް ކަމުގައި ފަޅުތެރެއިން ކަނޑައަޅާފައިވާ، ދުއިސައްތަ ހެކްޓަރުގެ ތެރޭގައި ރަށަށް ބޭނުންވާ ގެދޮރުވެރިކަމާއި ސިނާއީ އެހެން މަސައްކަތްތަކަށް ބޭނުންވާނެ ބިން ހިއްކައިދޭނެކަމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި ބަނދަރުގެ މަޝްރޫއުނއާއި މަޑިވަރު ފިނޮޅުގެ މަޝްރޫއު ނިންމުމަށްފަހު ބިންހިއްކުމުގެ މަޝްރޫއު ކުރިއަށްގެންދަވާނެކަމުގައި ރައީސް ވިދާޅުވިއެވެ.
އެ ރަށުގެ ބަނދަރަށް ދިމާވެފައިވާ ބޮޑު މައްސަލަ ހައްލުކުރުމަކީ އެ ރަށުގައި ސަރުކާރުން އެންމެ އިސްކަމެއްދޭ އެއް މައްސަލަ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ