ކައުންސިލްތަކަށް ދީފައިވާ ގިނަ ބާރުތަކެއް އަތުލުމަށް ސަރުކާރުން މަޖިލީހަށް ހުށަހަޅައި ފާސް ކޮށްފައިވާ އިސްލާހާއި އަދި ކުރިޔަށް އޮތް ތަނުގައި ވެސް ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެންނަން ނިންމާފައިވާ އިސްލާހުތަކާއި މެދު އިތުރަށް ވިސްނުމަށް އއ. ބޮޑުފުޅަދޫ ކައުންސިލްގެ ރައީސް ޝުޖާއު އާދަމް އެދިވަޑައިގެންފިއެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބޮޑުފުޅަދޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާގައި ޝުޖާއު ވަނީ ކައުންސިލްތަކަށް ދަތިވާ ގޮތަށް ސަރުކާރުން ކަންކަން ނުކުރުމަށް އެދިވަޑައިގެންފައެވެ.
ގާނޫނަށް މިހާރު ގެނެސްފައިވާ އިސްލާހުތަކުގެ ސަބަބުން ކައުންސިލްތަކުން މަސައްކަތްތައް ކުރުމަށް ދަތިވާކަން އޭނާ ފާހަގަކުރެއްވިއެވެ. އަދި އޭނާ ވަނީ ރައީސް މުއިއްޒު ލާމަރުކަޒީ ނިޒާމަށް ގެންނަން ނިންމަވާފައިވާ ބަދަލުތައް އެގޮތަށް ނުގެނައުމަށް އިލްތިމާސް ކުރައްވަވައިފައެވެ.
އެގޮތުން ކައުންސިލަރުންގެ އަދަދު ފަހަކުން ތިނަކަށް ބަދަލު ނުކުރުމަށް އޭނާ އެދިވަޑައިގެންނެވިއެވެ. އޭނާ ވިދާޅުވީ ތިން މެންބަރުންނަށް ކައުންސިލް މެންބަރުންގެ އަދަދު މަދު ކުރުމުގެ ސަބަބުން ކައުންސިލް ހިންގުމަށް ދަތިވާނެ ކަމަށް ވިދާޅުވެފައެވެ.
އަދި އަތޮޅު ކައުންސިލްތައް އުވާލުމަށް ސަރުކާރުން ނިންމަވާފައިވާތީ އެކަމާއި ގުޅިގެން އޭނާ ވަނީ ބައެއް އަތޮޅު ކައުންސިލްތަކުގެ އަމަލުތައް ހުންނަ ގޮތުން މުޅި ނިޒާމު ބަދަލު ނުކުރުމަށް އެދިވަޑައިގެންފައެވެ. އަތޮޅު ކައުންސިލްތަކަކީ ވެސް ލާމަރުކަޒީ ނިޒާމެއްގައި މުހިއްމު ތަނެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
"އެހެންވީމާ ރައީސްގެ އަރިހުން އަޅުގަނޑު ވަރަށް ބޮޑަށް އެދެން މި އިސްލާހާ މެދު ވެސް އަލުން ވިސްނައިވަޑައިގަތުން،" ޝުޖާއު ވިދާޅުވިއެވެ.
އެ ބިލު ތަސްދީގުކުރުމާ ދެކޮޅަށް 80 އަށް ވުރެ ގިނަ ކައުންސިލްތަކުން ނޫސްބަޔާން ނެރުނެއެވެ. އޭގެ ތެރޭގައި ސަރުކާރު ހިންގާ ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލްތައް ވެސް ހިމެނެއެވެ.
ގެއްލުނު ފަތުރުވެރިން ހޯދަން ފީނި ސިފައިންގެ މީހަކު ނިޔާވެއްޖެ
އަޅުގަނޑުމެންގެ ވެރިކަންތަކުގައި ގޯސްކޮށް ކަންކަން ކުރެވިފައި ހުންނާނެ
ތާރީހީ މަޝްވަރާ ބައްދަލުވުމަށްފަހު ތިން ރައީސުންގެ އެއްބަސްވުމެއް!
ފަލާހުއާ ދެކޮޅަށް އައްބާސް އަބުރުގެ ދައުވާކުރަނީ
ކުރީގެ ތިން ރައީސުންގެ ބައްދަލުވުން މިއަދު
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި