އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި އއ. ތޮއްޑޫ އަށް ސީޕްލޭންގެ ހިދުމަތް ފައްޓަވާނެކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާން ކުރައްވަވައިފިއެވެ.
އއ. އަތޮޅުގެ ރަށްތަކަށް ކުރައްވަވާ ދަތުރުފުޅުގައި ތޮއްޑޫ އަށް ވަޑައިގެން އެރަށު ރައްޔިތުންނާއި ބައްދަލުކުރައްވަވާ ވާހަކަދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ތޮއްޑޫ އަކީ ރާއްޖެއަށް އެންމެ ގިނައިން އާމްދަނީ ލިބޭ ތިން ދާއިރާ އިން ވެސް ފާހަގަކުރެވިގެންދާ ރަށެއް ކަމަށެވެ.
އެ ދާއިރާތަކުން ރަށް އިތުރަށް ތަރައްގީ ކުރުމުގެ ގޮތުން އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެރަށުގައި ސީޕްލޭންގެ ހިދުމަތް ފައްޓަވާނެ ކަމަށް ރައީސް މުއިއްޒު އިއުލާން ކުރެއްވިއެވެ. އެކަމަކު ސަބަބުން އާއްމު ރައްޔިތުންނަށާއި އެރަށަށް އަންނަ ފަތުރުވެރިންނަށް ވެސް އިތުރު ލުއިފަސޭހަތަކެއް ލިބިގެން ދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުން ގެންދާނީ ރައްޔިތުންނާއި ގާތުން ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމުން ނިކުންނަ ނަތީޖާ ރަނގަޅު ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ދަތުރުފުޅުގައި ތޮއްޑޫގެ ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއި ވެސް ވަނީ ބައްދަލުކުރައްވައިފައެވެ.
"އައިޝާ" ޑޮކިއުމަންޓްރީއާ ގުޅިގެން ނެރުނު އަމުރު އިސްތިއުނާފުކޮށްފި
މަޖިލީހުގެ މިހިނގާ ދައުރު މިމަހުގެ ނިޔަލަށް ދަންމާލަނީ
ނާޒިމް ވަކި ކުރުމުގެ މައްސަލަ ހުށަހަޅައިފި
ރައީސަށް ގަޒުފްކުރި ކަމަށް ތުހުމަތުކޮށް އާސިއްޕެ ޕޮލިހަށް
އިންޑިއާ އަށް ވަޑައިގެން އިރުތިޝާމް ޖައިޝަންކަރާ ބައްދަލުކޮށްފި
މަޖިލިސް ނާއިބުކަމުން ނާޒިމް ވަކިކުރަން ސޮއި ހަމަކޮށްފި