މާލޭގެ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ކުރުމަށްޓަކައި ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓުގެ ދެމެދުގައިވާ ސަރަހައްދުން ބައެއް ބަންދު ކުރުމަށް ނިންމައިފިއެވެ.
ކޮންސްޓްރަކްޝަން މިނިސްޓްރީން މިއަދު ބުނީ ބޮޑުތަކުރުފާނުމަގު ފުޅާކުރުމާއި ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ މަސްމާރުކޭޓާއި އިންވެގެންވާ ފަޅުތެރެއިން ކަމަށްވުމާއެކު، މިއަދުން ފެށިގެން އެ މަސައްކަތް ހިނގާ މުއްދަތުގައި އެސަރަހައްދަށް ކަނޑުދަތުރުފަތުރުކުރާ އުޅަނދު ވަދެ ނިކުމެ ހެދުމާއި، އެއްގަމު ތޮށި ބޭނުން ނުކުރުމަށް އަންގާ ކަމަށެވެ.
އަދި މަސައްކަތް ކުރިއަށްދާ މުއްދަތުގައި ކަނޑުދަތުރުފަތުރުކުރާ އުޅަނދުފަހަރަށް އެ ސަރަހައްދައް ނުވަދެވޭނެ ކަމަށްވެސް ބުންޏެވެ.
ކޮންސްޓްރަކްޝަން މިނިސްޓަރު މުއްތަލިބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިރޭ ވިދާޅުވީ މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު 4 ލޭނުގެ މަގަކަށް ފުޅާކޮށް ޒަމާނީ ފެންވަރަށް ހެދުމަށް ސަރުކާރުން ކުރިއަށް ގެންދާ މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި ރަސްމީ ފާލަމާއި ލޯކަލް މާރުކޭޓާ ދެމެދުގައިވާ ސަރަޙައްދުން ބައެއް ބަންދުކޮށް ޓްރެފިކް ރޫޓަށް ބަދަލުތަކެއް ގެނެވިފައިވާ ކަމަށެވެ.
އަދި އެ ސަރަހައްދުގެ ފަޅުވެސް އުޅަނދުތަކަށް ބޭނުން ނުކުރެވޭ ގޮތަށް ބަންދުކުރެވިފައިވާ ކަމަށާއި އެ މަސައްކަތުގައި އާއްމު ރައްޔިތުންގެ އެއްބާރުލުން ދެއްވުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފައެވެ. އަދި އެކަމާއި ގުޅިގެން ދިމާވާނެ ދަތިތަކަށް މައާފަށް އެދިވަޑައިގަންނަވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ބޮޑުތަކުރުފާނު މަގުގެ އުތުރު ޒަމާނީ ފެންވަރަކަށް ތަރައްގީ ކުރުމަށް ހަވާލު ކޮށްފައި ވަނީ އެމްޓީސީސީއާއެވެ. އެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 455 ދުވަސް ތެރޭގައި މަސައްކަތް ހަވާލުކުރާ ގޮތަށެވެ. އެ މަސައްކަތް އެކުންފުންޏާ ހަވާލުކުރީ 144 މިލިއަން ރުފިޔާއަށެވެ.
އެ މަޝްރޫއުގެ ދަށުން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތުގެ 830 މީޓަރުގެ މަގުގައި ތާރު އަޅާނެއެވެ. ތާރު އަޅާނީ ހެންވޭރުގައި ހުންނަ ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން ލޯކަލް މާރުކޭޓާއި ހަމައަށެވެ.
 
		 
										
										 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								