ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ މީޑިއާ ކޮންޓްރޯލް ކުރުމުގެ ބިލަކީ ރާއްޖޭގެ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލާނެ ބިލެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
އެކްސް (ކުރީގެ ޓްވިޓަރ) ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ މި ބިލަކީ "ރާއްޖޭގެ މިނިވަން ނޫސްވެރިކަމަށް ދެވޭ ބޮޑު ޙަމަލާއެއް" ކަމަށެވެ.
އިތުރަށް ރައީސް ފާހަގަކުރެއްވި ގޮތުގައި މި ބިލުގެ ސަބަބުން މީޑިއާތައް އުވާލައި، ވަކިވަކި ނޫސްވެރިންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅު އެޅޭނެ މަގު ފަހިވެގެންދާނެއެވެ. އަދި މިއީ މިނިވަން ނޫސްވެރިކަން އެއްކޮށް ނައްތާލުމަށް މަގުފަހިކުރާނެ ބިލެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
"ދައުލަތުގެ ތިން ބާރަށް ފާރަވެރިވެ ޖަވާބުދާރީ ކުރުވުމުގެ ޒިންމާ އުފުލަމުންދާ މީޑިއާތަކުގެ މިނިވަންކަން ނަގާލުމަށް ހުށަހަޅާފައިވާ މި ބިލު އަނބުރާ ގެންދިޔުމަށް" ރައީސް ގޮވާލައްވާފައިވެއެވެ.
މީޑިއާތަކާއި ނޫސްވެރިން ޖޫރިމަނާކުރާ ގޮތް:
- ބްރޯޑްކާސްޓަރުން ޖޫރިމަނާކުރެވޭނީ ލިބޭ އާމްދަނީގެ 10 ޕަސެންޓަށް ވުރެ ބޮޑު ނޫން އަަދަދަކުން
- ނޫސްމަޖައްލާތައް ޖޫރިމަނާކުރެވޭނީ 5،000 ރުފިޔާ އާއި 100،0000 ރުފިޔާއާ ދެމެދު
- ވަކިވަކި ނޫސްވެރިން ޖޫރިމަނާކުރެވޭނީ 5،000 ރުފިޔާ އާއި 25،000 ރުފިޔާއާ ދެމެދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ
ބޯކޮށް ވާރޭވެހި ކޮލަމާފުށި ފެނު އަޑީގައި