މަކިޓާގެ ބާވަތްތައް ވިއްކަމުން އަންނަތާ 25 އަހަރު ފުރުން ފާހަގަ ކުރުމުގެ ގޮތުން މަކިޓާ ބްރޭންޑުގެ ބާވަތްތަކުން ޑިސްކައުންޓު ލިބޭ ހާއްސަ ޕްރޮމޯޝަނެއް އެސްޓީއޯ އިން ފަށައިފިއެވެ.
މަކިޓާ އާއި އެސްޓީއޯގެ ޕާޓްނާޝިޕް އަށް ކާމިޔާބު 25 އަހަރު ފުރުމުގެ މުނާސާބަތް ވަރަށް ކުލަ ގަދަކޮށް ފާހަގަ ކުރުމަށް އެސްޓީއޯ އިން ގިނަ ތައްޔާރީތަކެއް ވަމުން އަންނައިރު، މަކިޓާގެ ކަސްޓަމަރުންނަށް ހާއްސަކޮށް އެސްޓީއޯއިން ވަރަށް ހާއްސަ ޕްރޮމޯޝަނެއް، އެ މުނާސަބަތާއި ގުޅިގެން، ކުރިއަށް ގެންދިއުމަށް ވަނީ ހަމަ ޖެހިފައެވެ.
އެގޮތުން މަކިޓާގެ ޕްރޮޑަކްޓްތައް ބައްލަވައިގަނެގެން 25 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ފެށުމަށް އެސްޓީއޯ އިން ދަނީ ތައްޔާރުވަމުންނެވެ. މި ޕްރޮމޯޝަނަކީ އެސްޓީއޯ އާއި މަކިޓާގެ 25 އަހަރުވީ ދިގު ޕާރޓްނަރޝިޕް ފާހަނގަ ކުރުމުގެ ގޮތުން މަކިޓާގެ ކަސްޓަމަރުންނަށް ހާއްސަކޮށް ހުޅުވާލައިގެން އެސްޓީއޯ ކޮންސްޓްރަކްޝަންސުން ކުރިއަށް ގެންދާ ވަރަށް އަގުހުރި ޕްރޮމޯޝަނެކެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ 17 އޮގަސްޓް 2025 ން ފެށިގެން 30 ސެޕްޓެމްބަރ 2025 ގެ ނިޔަލަށެވެ. މި ޕްރޮމޯޝަނުގައި އެސްޓީއޯ ކޮންސްޓްރަކްޝަންސުން ވިއްކާ މަކިޓާގެ ގިނަ ޕަވާ ޓޫލް ތަކަކުން 25 ޕަސެންޓާއި ހަމައަށް ޑިސްކައުންޓް ލިބިގެންދާނެއެވެ.
މި ޕްރޮމޯޝަން ކުރިއަށްދާނީ މާލެ މަކިޓާ ޝޯރޫމް އަދި ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކޮންސްޓްރަކްޝަންސް ޝޯރޫމަގައެވެ.
ނަވަރާ ސަތޭކަ ފަނަރަ ވަނަ އަހަރު ޖަޕާނުގައި ތައާރަފް ކުރެވިގެންދިޔަ މަކިޓާ ބްރޭންޑުގެ ޕަވާ ޓޫލް ތަކަކީ ދުނިޔޭގެ ބާޒާރުގައިވެސް އޭގެ ދެވަނައެއް ނުވާ މަޝްހޫރު ކޮލެޓީ ބްރޭންޑެކެވެ. މަކީޓާގެ ވިޔަފާރި މުޅި ދުނިޔޭގައި ފުޅާވެ ކުރި އަރަމުން ދިއުމާއި އެކު، މީގެ 25 އަހަރު ކުރިން އެސްޓީއޯ އިން ވަނީ މަކިޓާ ރާއްޖެއަށް ތައާރަފްކޮށްފައެވެ. އެ ޕާޓްނާޝިޕްގެ ދަށުން ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މެދު ނުކެނޑި އެސްޓީއޯއިން ވަނީ މަކިޓާ ބްރޭންޑްގެ އަގުހުރި، ކޮލިޓީ ގިނަ ޓޫލް ތަކެއް ރާއްޖެއަށް ތައާރަފްކޮށްފައެވެ.