ކައުންސިލްތަކުގެ މާލީ ބާރުވެރިކަން ސަރުކާރަށް ނަގައި، ލާމަރުކަޒީ ގާނޫނަށް ސަރުކާރުން ގެނައި ބަދަލުތަކަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ތައުރީފު ކުރައްވައިފިއެވެ.
ކައުންސިލްތަކާއި ޖަމިއްޔާތަކުގެ އިތުރުން އިދާރާއެއްގެ މަޝްވަރާއެއް ނެތި އަވަސް އަރުވާލައިގެން ލާމަރުކަޒީ ގާނޫނަށް މަޖިލީހުން ގެނައި ބަދަލު ފާސްކުރީ މަޖިލީހުގެ 50 ވޯޓުންނެވެ. އެ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރެއްވީ މިދިޔަ ބުރާސްފަތި ދުވަހުއެވެ.
ކައުންސިލްތަކުގެ ބާރު ކަނޑުވާލަން ގާނޫނަށް ގެނައި ބަދަލުތައް
- ކުރިއަށް އޮތް އެއް އަހަރަށް ކައުންސިލްތަކަށް މުވައްޒަފުން ނުނެގޭނެ
- މުވައްޒަފުން ނަގާނަމަ، ސަރުކާރުގެ ހުއްދަ ހޯދަންޖެހޭ
- ކައުންސިލްތަކުގެ ދަށުގައިވާ ބިމާއި ފަޅާއި ފަރުގެ ސަރަހައްދު ކުއްޔަށް ނުދިނުން
- ކުރިއަށް އޮތް އެއް އަހަރު ކައުންސިލްތަކުން އާ މަޝްރޫއުތައް ނުހިންގުން
- ލޯކަލް ކައުންސިލް އޮތޯރިޓީ ކުންފުނިތަކަށް ލިބޭ ބާރުތައް ހަނިކުރުން
- ރަށުގައި ކުރާ ވިޔަފާރިތައް ކައުންސިލުން ހަދާ ކުންފުންޏަކަށް ނުކުރެވޭނެ
- ފިނޭންސް މިނިސްޓްރީން އަންގާ ގޮތަށް ކައުންސިލްތަކުގެ އެކައުންޓް ބެލެހެއްޓުން
ގާސިމް އާންމުކުރެއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ، މިއަދުގެ ހާލަތާ ގުޅިގެން ލާމަރުކަޒީ ގާނޫނަށް ގެނެވުނު އިސްލާހުތަކަކީ ވަރަށް މުހިންމު އަދި ބޭނުންތެރި އިސްލާހުތަކެއް ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ގޮތުން ދިވެހިރާއްޖެއަކީ ޔުނިޓަރީ ދައުލަތެއް ކަމަށާއި، ލާމަރުކަޒީ ގާނޫނު ވެސް އޮންނަންވާނީ އެ އުސޫލާ އެއްގޮތަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ލާމަރުކަޒީ ނިޒާމުން ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުން ޤާނޫނުއަސާސީގައި ބަޔާންކޮށް، އެ މައްޗަށް ޤާނޫނެއް ވުޖޫދަށް ގެނެސް ވޭތުވި 14 ވަރަކަށް އަހަރު ރާއްޖެ ހިންގަމުންދާއިރު، މި ޤާނޫނާއެކު ފެޑްރަލް ވިސްނުން ބައެއް ފަރާތްތަކަށް އަންނަކަމީ ވެސް ހަޤީޤަތެއް،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ކުރިއަށް އޮތް އިންތިޚާބާ ދިމާކޮށް ސިޔާސީ ބޭނުމަށް ރަށްރަށުގެ ބިންތައް ދޫކޮށް، ގިނަ އަދަދަކަށް މުވައްޒަފުން ނެގުމުގެ ފުރުސަތު އޮވެގެން ނުވާނެއެވެ. އަދި އަންނަ ދައުރަށް ހޮވުމުގެ ބޭނުމުގައި ސަރުކާރުގެ މާލިއްޔަތު ތަންނުދޭ މިންވަރަށް އިތުރު މަޤާމުތައް އުފެއްދުމުގެ ބާރު ޤާނޫނަކުން ކައުންސިލަރުންނަށް ލިބިދީފައި އޮވެގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ސަރުކާރުން ގެނައި ބަދަލުގައި ލޯކަލް އޮތޯރިޓީ ކުންފުނިތަކުން ކުރާ ވިޔަފާރީގެ މަސައްކަތްތަކަށް ކަނޑައަޅާފައިވާ ޝަރުތުތަކުގެ ސަބަބުން އޭގެ ފައިދާ ލިބިގެންދާނީ އެރަށެއްގެ އާންމުންނާއި އާންމު ވިޔަފާރިތަކަށް ކަމަށް ގާސިމް ވިދާޅުވެފައިވެއެވެ. އަދި މިއީ ރައީސް މުޢިއްޒު ވިދާޅުވެފައިވާ ފަދައިން ލާމަރުކަޒީ ނިޒާމު "ހަރުދަނާކުރުމަށް، ޗެމްޕިއަން ކުރުމަށް" ގެންނަންޖެހޭ އިސްލާހުތަކެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
 
		 
		 
		 
		 ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި
														
							
								ހޯރަފުށިން ސޯލިހަށް "ހިދުމަތުގެ އައްޑަނަ"އެއް އަރުވައިފި								 ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް
														
							
								ތިން ވަނަ ކުއާޓާގައި އެސްޓީއޯއަށް 186 މިލިއަންގެ ފައިދާއެއް								 ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް
														
							
								ބައްސާމަށް އިތުރު ފަސް އަހަރުގެ ޖަލު ހުކުމެއް								 އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް
														
							
								އަންނަ އަހަރުގެ ބަޖެޓަކީ މިއަހަރުގެ ބަޖެޓަށްވުރެ ކުޑަ ބަޖެޓެއް: ރައީސް								 އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް
														
							
								އަންނަ އަހަރަށް 64.2 ބިލިއަން ރުފިޔާގެ ބަޖެޓެއް								 މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް
														
							
								މީޑިއާތަކަށް ގްރާންޓް ދިނުމުގެ ކަންކަން ކޮންޓްރޯލް ކޮމިޝަނާ ހަވާލުކޮށް								