ކުރީގެ އެޑިއުކޭޝަން ޑިވެލޮޕްމަންޓު ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓި ވެހިކަލްތަކަކަށް ގެއްލުންވެއްޖެއެވެ.
ފުލުހުން މިއަދު ބުނީ އެޑިއުކޭޝަން ޑިވެލޮޕްމަންޓް ސެންޓަރު ކުރިން ހިންގި އިމާރާތުގެ ބައިތަކެއް ވެއްޓި ޖެހިގެން ހުރި އިމާރަތަށާއި އެ އިމާރާތް ކައިރީގައި ޕާކު ކޮށްފައި ހުރި ވެހިކަލްތަކަކަށް ގެއްލުންވެފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެކަމުގެ ރިޕޯޓު ލިބުނީ މިއަދު މެންދުރު 13:00ހާއިރު ކަމަށެވެ.
އަދި އެ ހާދިސާއާ ގުޅޭ މައުލޫމާތުތައް ކަމާ ގުޅުންހުރި އިދާރާތަކާއި ހިއްސާކޮށް ބަލަންޖެހޭ ކަންކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެ ހާދިސާގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާއްމުވެފައިވާއިރު އިމާރާތުގެ ވަރަށް ބޮޑު ބައެއް ވެއްޓިފައިވާތަން ފެނެއެވެ.
އިންޑިއާ އިން ރާއްޖެއަށް 1200 ގަސް ހަދިޔާކޮށްފި
ރަސްމާލެ މަޝްރޫއު: ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނުނަގާނެ
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ސަމީރު އަދި ރައޫފް ކުރިމަތިލައްވައިފި
ބަޖެޓު 27: އަންނަ އަހަރު އެންމެ ބޮޑު އެހީ ދޭ ގައުމަކީ އިންޑިއާ
ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ހަ އަތޮޅަކަށް ޔެލޯ އެލާޓު ނެރެފި
ޅައިމަގަށް ނަގޫ ރޯޅިއެއް އަރާ މީހަކަށް އަނިޔާވެއްޖެ