ލ. ކައްދޫ އެއާޕޯޓް ކައިރިން ހިނގި އެކްސިޑެންޓެއްގައި 64 އަހަރުގެ އަންހެނަކު މިރޭ ނިޔާވެއްޖެއެވެ. މި ހާދިސާ ހިނގާފައިވަނީ މިރޭ 7:18 ހާއިރުއެވެ.
ފުލުހުން ބުނެފައިވާ ގޮތުގައި، މި އެކްސިޑެންޓް ހިނގާފައި ވަނީ ލ. ފޮނަދޫއިން ގަމަށް ދަތުރުކުރި ސައިކަލެއް، ކައްދޫ އެއާޕޯޓަށް ދާން ޒިބްރާ ކްރޮސިންގ އިން މަގު ހުރަސްކުރި ދެ މީހެއްގެ ގައިގައި ޖެހުމުންނެވެ.
މި އެކްސިޑެންޓްގައި މަގު ހުރަސްކުރި ދެ އަންހެނުންނާއި ސައިކަލުގައި ތިބި ދެ މީހުންނަށް އަނިޔާވެ، ލ. ގަން ރީޖަނަލް ހޮސްޕިޓަލަށް ގެންދެވުނެވެ. އެކްސިޑެންޓްގައި އަނިޔާވި 64 އަހަރުގެ އަންހެން މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް ނިޔާވެފައިވާކަމަށް ފުލުހުން މައުލޫމާތު ދެއްވިއެވެ.
މި މައްސަލައިގެ ތަހުގީގު ފުލުހުން ކުރިއަށް ގެންދާކަމަށް ފުލުހުންގެ ފަރާތުން ހާމަކުރެއްވިއެވެ. އިތުރު ތަފްސީލު އަދި ހާމަކުރައްވާފައެއް ނުވެއެވެ.
ޝާމިންގެ ޕާސްޕޯޓް ހިފެހެއްޓުމަށްފަހު، ބަންދުން ދޫކޮށްލައިފި
ޕީއެންސީ ކޮންގްރެސް: ޕާޓީގެ ނާއިބު ރައީސުން އިންތިހާބުކޮށްފި
ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެކަން ޝަމްހީދު އިއުލާންކޮށްފި
ރާއްޖޭން އެދުނު ގޮތަށް މެލޭޝިއާ އިން 100 މިލިއަން ޑޮލަރުގެ އެހީ ދެނީ
މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖޭގައި
މުޒާހަރާއަކާ ގުޅިގެން ހައްޔަރުކުރި ޝާމިންގެ ބަންދަށް 10 ދުވަސް