ސަރުކާރުން ކުރިއަށްގެންދާ ތަރައްޤީގެ މަޝްރޫއުތައް އަމިއްލަ ކުންފުނިތަކަށް ނުދީ، ހުރިހާ މަޝްރޫއުތަކެއް ސަރުކާރު ކުންފުނިތަކަށް ދޭތީ، އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.
ޝާހިދު "އެކްސް" ޕްލެޓްފޯމްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ، މިގޮތަށް ކަންތައް ކުރުމުގެ ސަބަބުން ކުދި އަދި މެދުފަންތީގެ ކުންފުނިތަކަށް އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ، އިޤްތިޞާދުގައި ދައުރުވާ ފައިސާ މަދުވެގެންދާނެ ކަމަށެވެ.
"އާންމު ރައްޔިތުންގެ ދިރިއުޅުމަށް މިކަމުގެ ސަބަބުން ވަރަށް ބޮޑެތި ދަތިތައް ދަނީ ކުރިމަތިވަމުން. ހަމައެއާއެކު ކުދި އަދި މެދުފަންތީގެ ކުންފުނިތައް ދަރަނިވެރިވެ، ބަނގުރޫޓުވާ ހިސާބަށް ދަނީ," ޝާހިދު ވިދާޅުވިއެވެ.
މި ނާޒުކު ވަގުތުގައި މާލީ ޤާބިލްކަން ނެތް ދައުލަތުގެ ކުންފުނިތަކަށް ތަރައްޤީގެ މަޝްރޫއުތައް ދިނުން ހުއްޓާލައި، އަމިއްލަ ކުންފުނިތަކަށް ޕްރޮޖެކްޓްތައް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ޝާހިދު ވަނީ ސަރުކާރަށް ގޮވާލައްވާފައެވެ.
އަމިއްލަ ކުންފުނިތަކަށް މަޝްރޫއުތައް ދިނުމަކީ އާންމު ރައްޔިތުން މިހާރު ކުރިމަތިލާންޖެހިފައިވާ ދަތި ހާލުން އަރައިގަތުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް ޝާހިދު ފާހަގަކުރައްވާފައިވެއެވެ.
ދެ ގައިދީން މަރުވި މައްސަލާގައި ޕޯސްޓްމޯޓަމް ހަދަން ފޮނުވައިފި
ސިއްހީ ދާއިރާއިން އެންމެ ނުފޫޒުގަދަ 100 ޝަހުސިއްޔަތުގެ ތެރޭގައި ރައީސް
މާލޭގެ އިރުމައްޗާއި އުތުރު ފަރާތުގެ ތޮށިގަނޑު މަރާމާތުކޮށް ހަދަނީ
އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަން ތަރުތީބުކޮށްފި
ސައުދާ އަށް އާޒިމް: ރައްޔިތުންގެ އިތުބާރަކީ ކުޅޭކުޅޭ އެއްޗަކަށް ނުހަދާ