މުޅި މާލެއިން ކަރަންޓު ކެނޑުނުތާ އެއް ގަޑިއިރުނުވަނީސް، ސްޓެލްކޯއިން އަލުން ކަރަންޓު ހިދުމަތް މުޅި މާލެއަށް ދީފިއެވެ.
މުޅި މާލެއިންނާއި ހުޅުމާލޭގެ ބޮޑު ބަޔަކު ކަރަންޓް ދިޔައީ މިއަދު މެންދުރުފަހު 12:30 އެހާކަންހާއިރުއެވެ. މިއީ މި މަހު މުޅި މާލެއިން ކަރަންޓު ކެނޑުނު ދެ ވަނަ ފަހަރެވެ. އަދި ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ގްރޭޓާ މާލެ ސަރަަހައްދުން ކަރަންޓު ކެނޑުނު ހަތަރު ވަނަ ފަހަރެވެ.
ގްރޭޓާ މާލެ ސަރަހައްދުން ކަރަންޓު ކެނޑޭ މައްސަލަ ފުލުހުން ގެންދަނީ ތަހުގީގުކުރަމުންނެވެ. އެ މައްސަލަ އެންމެ ފުރަތަމަ ތަހުގީގު ކުރަން ފެށީ ރައީސުލްޖުމްހޫރިއްޔާ ސިންގަޕޫރަށް ވަޑައިގެން އުޅުއްވަނިކޮށް، މިދިޔަ ޖޫން މަހުގެ އެއް ވަނަ ދުވަހު މާލެ އާއި ހުޅުމާލެ އަދި ހުޅުލެއިން ކަރަންޓު ކެނޑުމުން، އެ މައްސަލަ ތަހުގީގު ކުރަން އެމަނިކުފާނު އެންގެވުމުންނެވެ.
ފުލުހުން ބުނީ އެ މައްސަލާގައި ފުރަތަމަ މަރުހަލާގައި ހޯދުންތައް ފާހަގަކުރެވިފައިވާ ކަމަށާއި އެކަން ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
ކަރަންޓު ކެނޑޭ މައްސަލާގައި ސްޓެލްކޯއިން ބުނީ ކަރަންޓު ކެނޑެނީ "ދިމާވާ ޓެކްނިކަލް މައްސަލައަކުން" ކަމަށެވެ. ތަފްސީލެއް ނުދެއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި