އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ)ގެ ގަވަރނިންގ ބޯޑު އުވާލައި، މިނިސްޓްރީއެއްގެ ދަށުން ހިންގާތަނަކަށް އެތަން ހެދުމަކީ "ދަތް ނެތް" ތަނަކަށް ހެދުން ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހު (އިބޫ) ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގެ ދެންނެވުމަކުން އީޕީއޭގެ ނަން، އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީގެ ބަދަލުގައި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީގެ ނަމަށް މިއަދު ވަނީ ބަދަލުކޮށްފައެވެ. އަދި އީޕީއޭ މިހާތަނަށް ހިނގަމުން އައި ހައިސިއްޔަތުން ގަވަރނިންގ ބޯޑެއްގެ ލަފާގެ ދަށުން ހިންގާ އިދާރާއެއްގެ ބަދަލުގައި، ސީދާ ޓޫރިޒަމް އެންޑް އެންވަޔަރަންމަންޓު މިނިސްޓްރީގެ ދަށުން ހިނގަމުންދާ އިދާރާއެއްގެ ގޮތުގައި ވަނީ ބަދަލުކޮށްފައެވެ.
ސަރުކާރުގެ އެ ނިންމެވުމުގެ ސަބަބުން އީޕީއޭގެ ބަހެއް ނެތި ކަންކަން ނިންމުގެ ބާރު ވަކި ބަޔަކަށް ލިބި "ދަތް ނެތް" އިދާރާއަކަށް އީޕީއޭ ބަދަލުވެގެންދާނެ ކަމަށެވެ. ނަތީޖާއެއްގެ ގޮތުން ޑިމޮކްރެޓިކް ނިޒާމުގައި ފާރަވެރިވެ، ރެގިއުލޭޓް ކުރުމަށް ކަނޑައަޅާފައިވާ އިދާރާތަކުގެ ބާރު ނަގާލެވި ޑިމޮކްރެޓިކް "ސޭފްގާޑް" ނެތިގެންދާނެ ކަމަށެވެ.
"މިފަދަ ކަންކަމުގެ ސަބަބުން އަޅުގަނޑުމެންގެ ނާޒުކު ތިމާވެށީގެ ނިޒާމުތައް ނުރައްކަލަށް ހުށަހަޅައި، ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސް އެޅިގެން ދެއެވެ،" އިބޫ ވިދާޅުވިއެވެ.
ބިންވެރިޔާ އިން ލިބުނު ގޯތި ދޫކޮށްލުމުން ފްލެޓަށް އެދެވޭ ގޮތް ހަދަނީ
އިންޑިއާގެ ތެޔޮ ކުންފުނިތަކަށް ގެއްލުން ކުޑަކުރަން ޑިއުޓީ ކުޑަކޮށްފި
ސާފުނުކުރާ ތެޔޮ ފީފާއެއްގެ އަގު 116 ޑޮލަރަށް އަރައިފި
ރިސޯޓުތަކަށް ލިބޭ ދަތިތަކަށް ބީއެމްއެމްލް އިން އެހީވަނީ
ހުޅުމާލޭގައި ތަރައްގީކުރާ ޕާކިން ބިލްޑިންގެ މަސައްކަތް ފަށައިފި