ދިވެހިރާއްޖޭން ހައްޖުގެ މަތިވެރި އަޅުކަން އަދާ ކުރުމަށްޓަކައި ހައްޖު ކޯޕަރޭޝަނަށް ފައިސާ ދައްކާފައިވާ މީހުންގެ ކިއު ލިސްޓު އާއްމު ކުރުމުގެ އިންތިޒާމުތައް ހަމަޖައްސަމުން އަންނަ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިއަދު ބޭއްވި ރައްޔިތުން މަޖިލީހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
އެގޮތުން މިނިސްޓަރު ޝަހީމް ވިދާޅުވީ ހައްޖަށް ޖާގަ ލިބޭ ފަރާތްތަކުގެ ލިސްޓް އާންމު ކުރެވޭނެ ނިޒާމެއް ގާއިމްކުރުމުގެ މަސައްކަތްތައް މިހާރުވެސް ކުރަމުން އަންނަ ކަމަށާއި އެކަން ވަރަށް އަވަހަށް ކުރެވިގެން ދާނެ ކަމަށެވެ. އެކަމަކު ހައްޖު ކިއު ލިސްޓު ފަޅާލުމަށްފަހު ވަކި ބަޔަކަށް ހައްޖަށް ދިއުމަށް ޖާގަ ދޭ ވާހަކަ މިނިސްޓަރުގެ ވާހަކަފުޅުގައި ދޮގު ކުރެއްވިއެވެ.
"ކިއުއަށް އެއްވެސް ބަދަލެއް ގެނައުމަކީ ކުރާ ކަމެއް ނޫން. ބައެއް ފަހަރު، ހައްޖު ގާތް ވެފައިވަނިކޮށް އެ އަހަރެއްގައި ހައްޖަށް ދިއުމަށް ކޯޓާ ލިބޭ މީހާ ކޯޓާ ދޫކޮށްލާ. މިގޮތުން ވަކި ސަބަބެއް ނެތި ކޯޓާ ދޫކޮށްލާ މީހުން ވެސް އުޅޭ،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވިދާޅުވީ ވަކި އާއިލާތަކަކަށް ހައްޖު ކޯޓާ ދޫކުރާ ވާހަކަތަކަކީ ވެސް އެކަމުގައި އެއްވެސް ހަގީގަތެއް އޮތް ވާހަކަތަކެއް ނޫން ކަމަށެވެ. އެހެންނަމަވެސް ޒަމާނުއްސުރެ ދައުލަތުން ރިޒާވް ކުރާ ކޯޓާތަކެއް ހުންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ނުހައްގުން އެއްވެސް މީހަކަށް ކޯޓާ ދޫކޮށްފައި ނުވާނެ ކަމަށާއި ރިޒާވް ކޯޓާވެސް ދޫކުރަނީ އެކަމަށް ކަނޑައަޅާފައިވާ ހާއްސަ އުސޫލުތަކަކުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހި ކުރާނަން: ރައީސް
ކައުންސިލްތަކުގެ އަތުން ބިން ނަގާ އިސްލާހާ ދެކޮޅަށް ސޮއި ހަމަވެއްޖެ
ކާރިސާތަކުގައި އެހީވުމަށް އިންޑިއާއިން ދައްކުވައިދޭ ނަމޫނާ!
ދޯނި އަޑިއަށް ދިޔަ ފުންމިނުގައި އަސްކަރީ ސަބްމެރިންވެސް ދަތުރުނުކުރާނެ
އެމްޑީޕީގެ ރައީސްކަމުން ޝާހިދު އިސްތިއުފާ ދެއްވައިފި
ރައީސާ ބައްދަކުރަން ބޭނުންވާ ފަރާތްތަކުގެ ބައްދަލުވުންތައް ފަށައިފި